ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި އެވެ.
މިކަމާގުޅިގެން އެސްޓީއޯ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން މާޗް 16 ވަނަ ދުވަހުން ފެށިގެން ޕެޓްރޯލް ލިޓަރެއް ވިއްކާނީ 8.85 ރުފިޔާއަށް ކަމަށާއި ޑީސެލް ލީޓަރެއް ވިއްކާނީ 9.79 ރުފިޔާއަށް ކަމުގައެވެ.
އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގު ބޮޑު ކޮށްފައިވަނީ މިދިޔަ މަހުގަ އެވެ. އެއީ ޕެޓްރޯލް ލީޓަރެއް 8.44 ރުފިޔާއަށް އަދި ޑީސަލް ލީޓަރެއް 9.19 ރުފިޔާ އަށެވެ.
އެހެންކަމުން މިއަދު ބޮޑު ކޮށްފައިވަނީ ޕެޓްރޯލް ލީޓަރަކުން 41 ލާރި އަދި ޑީސަލް ލީޓަރަކުން 60 ލާރި އެވެ.