އެފްއޭއެމް އިން ހުރިހާ ރަށަކަށް ފުޓްބޯޅަ ދެނީ.

kijuhygtfrdesw.jpg

ރަށްރަށަށް ބޯޅަ ހަދިޔާ ކުރުމަށް ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން

ފުޓްބޯޅަ އެސޯސިއޭޝަން އިފް މޯލްޑިވްސް (އެފް އޭއެމް) އިން ރާއްޖޭގެ ހުރިހާ ރަށަކަށް ފުޓްބޯޅަ ދޭން ނިންމައިފިއެވެ. އެގޮތުން ކޮންމެ ރަށަކަށް 10 ފުޓްބޯޅަ ދޭން އެފްއޭއެމް އިން ވަނީ ހަމަޖައްސާފަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ އެ އިދާރާއިން ރާއްޖޭގެ ކޮންމެ ރަށަކަށް 10 ބޯޅަ ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށާއި. މި ބޯޅަތަކަކީ މިއަހަރު ބޭއްވުމަށް ނިންމި މިނިވަން ޗެމްޕިއަންޝިޕްް ފުޓްބޯޅަ މުބާރާތަށް އެފްއޭއެމް އާއި ކުޅިވަރާއި ބެހޭ ވުޒާރާއިން ގެނައި ބޯޅަތަކެއް ކަމަށެވެ. އެކަމަކު މިހާރުގެ ހާލަތާއެކު މުބާރާތް ބޭއްވޭނެ ގޮތެއް ނެތުމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފްގެވެސް މަޝްވަރާއާއެކު އެފްއޭއެމުން ނިންމީ ކޮންމެ ރަށަކަށް ހަމަހަމަ އުސޫލަކުން ބޯޅަތައް ހަދިޔާ ކުރުމަށް ކަމަށެވެ.

އެ އުސޫލުގެ ދަށުން ބޯޅަ ހަދިޔާކުރާނީ އެކި ދާއިރާތަކުގެ މަޖިލިސް މެންބަރު މެދުވެރިކޮށް ކަމަށް ޖަވާ ވިދާޅުވިއެވެ.

” އަޅުގަނޑުމެން ގަބޫލުކުރަނީ މި އެހީގެ ސަބަބުންވެސް ރަށްރަށުގައި ފުޓްބޯޅަ ކުޅެން ބޭނުންވާ ފަރާތްތަކަށް ހިތްވަރަކަށް ވެގެންދާނެ ކަމަށް.” ޖަވާ ވިދާޅުވިއެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ނެތްނަމަވެސް 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގު މުޅި ރާއްޖޭގައި ބޭއްވުމަށް އެފްއޭއެމުން ވަނީ ޕްލޭންކޮށްފައެވެ. މި މުބާރާތް ޕްލޭންކޮށްފައިވަނީ ހޯމް އެންޑް އަވޭ އުސޫލުން ކުރިޔަށްގެންދާ ގޮތަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top