އަމީރު ހައްޔަރުކުރަން ޖެހޭ. އެއީ ގައުމަށް ޣައްދާރުވި މީހެއް: ސަލީމް

daTRQtzSAXQhTYQmHLyNj262quEEfcrr5XaD7Lfw.jpeg

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް-- ފޮޓޯ: މަޖިލިސް

ގައުމަށް ޣައްދާރުވި މީހެއްގެ ގޮތުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހައްޔަރުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ގައުމުގެ އިގްތިސާދީ މިނިވަންކަމަކީ ވަރަށް ބޮޑުކަމެއް ކަމަށާއި މި ސަރުކާރުން މަސައްކަތް ކުރަނީ ގައުމުގެ މިނިވަންކަން ރައްކާތެރި ކުރުމަށް ކަމަށެވެ.

ސަލީމް ވިދާޅުވީ ދަރަނީގެ ކަންކަން ގާނޫނަކުން މެނޭޖްކުރަން މަސައްކަތް ކޮށްފިނަމަ ދެން ވެރިކަމަށް އަންނަ ބަޔަކު އެ ގާނޫނެއް ސަސްޕެންޑް ކުރުމަށްފަހު ޚަރަދުތައް ކުރާނެ ކަމަށެވެ. އެހެންކަމުން މި ބަދަލަކީ ގާނޫނު އަސާސީއަށް ގެންނަ ބަދަލަކަށް ހެދުމަށް އަދި އެބައި އިސްލާހު ކުރެވޭނީ މުޅި މަޖިލީހުގެ އިއްތިފާގުން ކަމަށް ކަނޑައެޅުމަށް ސަލީމް ގޮވާލެއްވިއެވެ.

ސަލީމް ވިދާޅުވީ މިދިޔަ ފަސް އަހަރު ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑް ކުރުމަށްފަހު ފައިސާ ޗާޕުކުރަމުންދިޔަ ކަމަށެވެ. އަދި އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އަރިހުގައި، އެވަރަށް ދަރަނި ނުނެގުމަށް އާދޭސްދެންނެވި ކަމަށާއި އެހެންނަމަވެސް އެވާހަކަތަކަށް ދެއްވި ބީރު ކަންފަތެއް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ގައުމަށް ގައްދާރުވި މީހެއްގެ ގޮތުގައި އޭނާ ހިފައި ހައްޔަރުކޮށް ޝަރީއަތަށް ފޮނުވަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އެހެންނޫންނަމަ ދެން އަންނަ ވަޒީރުންވެސް އެގޮތަށް އަމަލު ކޮށްފާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ގައުމަށް ޣައްދާރުވުމަކީ ނުރައްކަލެއް ކަމަށާއި ގައުމުގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންވެސް އެެކަމަށް ވިސްނަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މި ގައުމުގައި ކުރީގައި ވެރިކަން ކުރެއްވި ބޭފުޅުންވެސް ގައުމަށް ޣައްދާރުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top