ބޮޑެތި ބަދަލުތަކަކާ އެކު ’ސަލާތުއެމްވީ‘ ގެ އަޕްޑޭޓެއް ނުކުމެއްޖެ

ސަލަފ.jpg

ބޮދެތި ބަދަލު ތަކަކަާއެކު ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން 2013 ވަނަ އަހަރު ލޯންޗުކޮށްފައިވާ މޮބައިލް އެޕްލިކޭޝަން، ’ސަލާތުއެމްވީ‘ ނުކުމެއްޖެއެވެ.

ޖަމިއްޔަތުއް ސަލަފުން ބުނި ގޮތުގައި އިއްޔެ ނުކުތް އަޕްޑޭޓަކީ ނަމާދު ވަގުތު އަންގައިދިނުމަށާއި، ނަމާދު ކުރާނޭގޮތާއި ނަމާދުގައި ކިޔާ ދުޢާތައް ހިމަނައިގެން އުފައްދާފައިވާ ’ސަލާތުއެމްވީ‘ އެޕްލިކޭޝަން ގެ ވަރަށްބޮޑު ބަދަލުތަކަކާއެކު އެންޑްރޮއިޑް ފޯނުތަކަށް ނުކުތް އަޕްޑޭޓެކެވެ.

’ސަލާތުއެމްވީ‘ ގެ އައި.އޯ.އެސް ވާޝަންގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި ގާތްގަނޑަކަށް 10 ވަރަކަށް ދުވަހުގެތެރޭގައި އައި.އޯ.އެސް ވާޝަން ނެރެވޭވަރު ވާނެކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ހިންގާކޮމެޓީގެ މެމްބަރު އަޒްމާން ވިދާޅުވެފައިވެއެވެ.

އަޒްމާން ވިދާޅުވީ މި އެޕްލިކޭޝަންއަކީ ލައްކައަށްވުރެ ގިނަ މީހުން ޑައުންލޯޑް ކޮށްފައިވާ ރާއްޖޭގެ ނިސްބަތުން ގިނަ ބަޔަކު ބޭނުންކުރަމުންދާ އެޕެއް“ކަމަށެވެ.

’ސަލާތުއެމްވީ‘ އެޕްލިކޭޝަންއާއި ގުޅޭގޮތުން، ޖަމްޢިއްޔަތުއްސަލަފުގެ ނައިބު ރައީސް، އަދި ’ސަލާތުއެމްވީ’އެޕްލިކޭޝަންގެ ޕްރޮޖެކްޓް މެނޭޖަރު އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވީ މިއަދު މިނެރުނު ’ސަލާތުއެމްވީ‘ ގެ އަޕްޑޭޓަކީ މި އެޕްގެ މުޅިން އާ ވާރޝަނެއްކަމަށާއި މިފަހަރު މިވަނީ މުޅި އެޕްލިކޭޝަން އެއްކޮށް ބަދަލުކޮށްފައިކަމަށެވެ.

”އެންމެ ފުރަތަމަ މި އެޕް އާންމު ކުރެވުނު ފަހުން ދެފަހަރަކު ވަނީ ކުދިކުދި ބަގްފިކްސިންގ އާއެކު އަޕްޑޭޓް ކުރެވިފަ، ނަމަވެސް މިފަހަރުގެ އަޕްޑޭޓަކީ ވަރަށް ތަފާތުކޮށް މުޅި އެޕްލިކޭޝަން އެކުގައި ބަދަލުކޮށްލައި، ގިނަ ފީޗާތަކެއް އިތުރުކުރެވިގެން ގެނެސްދެވޭ، ’ސަލާތުއެމްވީ‘ ގެ މުޅިން އާ ވާރޝަންއެއް “ސަލަފުގެ ނައިބު ރައީސް، އަދި ’ސަލާތުއެމްވީ’އެޕްލިކޭޝަންގެ ޕްރޮޖެކްޓް މެނޭޖަރު އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވިއެވެ.

’ސަލާތުއެމްވީ‘ ގެ މިފަހަރުގެ އަޕްޑޭޓާއެކު، މުޅި އެޕްގެ ޑިޒައިންވެސް ވަނީ ބަދަލުކޮށްފައެވެ. ޒައިތޫނި ކުލަޔާއި ވިލުނޫކުލައިގެ ދެ ތީމް ހިމެނިފައިވާ މިއެޕް އާއެކު، އެޕްގެ ވިޖެޓް ވެސްވަނީ ތަޢާރަފުކޮށްފައެވެ. އޭގެ އިތުރުން، ނަމާދުގަޑިތަކުގައި ލެވޭ އެލާޓްތަކުގައި އިތުރު އިޚްތިޔާރުތައްވަނީ ހިމަނާފައެވެ. މުޅި އެޕްލިކޭޝަންވަނީ ދިވެހި ޢަރަބި، އިނގިރޭސި ބަހުން ބޭނުންކުރެވޭ ގޮތަށް ފުރިހަމަ ކޮށްފައެވެ. އަދި ނަމާދު ވަގުތުގެ ކުރިން، އެމީހަކު ބޭނުން ވަގުތަކަށް، އިތުރު އެލާޓްތައް ސެޓްކުރުވޭނެ ގޮތްވެސްވަނީ ހިމަނާފައެވެ.

ނަމާދުގެ ރުކުންތަކާއި، ނަމާދު ކުރާނޭ ގޮތާއި، ނަމާދުގެ ޒިކުރުތަކާއި އެ ޒިކުރުތަކުގެ މާނަވެސް މިފަހަރުވަނީ އިތުރުކޮށްފައެވެ. ކުރިންވެސް އެޕްގައި ހިމެނޭ، ވުޟޫ ކުރާނެގޮތާއި، ހިނައިގަންނާނެ ގޮތާއި، ތަޔައްމުމު ކުރާނޭގޮތުގެ އިތުރުން ދަތުރުވެރިޔާގެ ނަމާދާގުޅޭ މަޢުލޫމާތުތައް، އެޕް ބޭނުންކުރަން ފަސޭހަ ވާނޭހެންވަނީ ޓެބްތަކަށް ބަހާލައި މުޅިން އާ ފަރުމާއަކަށްވަނީ ބަދަލުކުރެވިފަ އެވެ.

އައިއޯއެސް އާއި އެންޑްރޮއިޑް އެޕް ޓެސްޓިންގ ނިމުމުން ’ސަލާތުއެމްވީ‘ ގެ މި ވާރޝަން ރަސްމީކޮށް އިފްތިތާޙު ކުރުމަށް އާންމުންނަށް ހުޅުވާލައިގެން ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ’ސަލާތުއެމްވީ‘ ގެ އެޕްގެ އެއްވެސް މައްސަލައެއް ފާހަގަ ކުރެވިފައިވާނަމަ ނުވަތަ ޚިޔާލެއް ހުށަހެޅުވުމަށް ތިރީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުމަކީ ޖަމްޢިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ.

ސުވާލާއި އަދި ޚިޔާލު ފޮނުއްވުމަށް: [email protected]

އެޕް ޑައުލޯޑް ކުރެއްވުމަށް: https://play.google.com/store/apps/details?id=mv.salaf.salat

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top