ދޮންފަނު ރައްޔިތުން ޕިކްނިކް ދިއުމަށް ހަނިފަރު؟

aU0CkfScWaisMEPFDNkBgBt0zRJA7LGf212b7Pya.jpg

ބ. ދޮންފަނު ރައްޔިތުން ޕިކްނިކް ދިއުމަށް ބ. ހަނިފަރު ހަމަޖައްސަވައިދެއްވުމަށް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވައިފި އެވެ.

ބ.އަތޮޅުގެ ބަޔޮސްފެޔާ ރިޒާވް ގެ ކޯއޭރިޔާއެއްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅާފައިވާ ބ. ހަނިފަރު، ދޮންފަނު ރައްޔިތުން ރައްޔިތުން ޕިކްނިކް ގޮސް ހަދާނެ ރަށެއްގެ ގޮތުގައި ހާއްސަކޮށްދިނުމަށް ދޮންފަނު ކައުންސިލުން ރައީސަށް ދަންނަވާފައިވަނީ ދޮންފަނުގެ ތަރައްގީއަށް ބޭނުންވާ މުހިއްމު ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ރައީސްއޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

ކައުންސިލަރުން ވަނީ ދޮންފަނު ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއި ރަށުން އިތުރު ގޯތި ދޫކުރުމާއި ވޭސްޓްމެނޭޖްމަންޓް ސެންޓަރު ބޭނުންކުރުމުގައި ކުރިމަތިވާ ބައެއް ދަތިތައް ރައީސްގެ ސަމާލުކަމަށް ގެންނަވާފަ އެވެ. ކައުންސިލް އިދާރާއާއި ސްކޫލާއި ހެލްތު ސެންޓަރުގެ ޖާގައިގެ ދަތިކަމާއި ސްކޫލާއި ހެލްތު ސެންޓަރުގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ކަންކަމާއި އަދި ޒުވާނުންނަށް ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް ތަރައްގީކުރަން ބޭނުންވާ ކަމަށްވެސް ފާހަގަކުރެއްވެވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top