އެކްޓިވޭޓު ކޮށްފައި ހުންނަ ސިމް ވިއްކުން ހުއްޓާލަނީ

z4xnvatt98sdptlnax5ytc-1536x864.jpg

ރަޖިސްޓްރީ ނުކުރާ ސިމްތައް ބޭނުންކޮށްގެން މަކަރާއި ހީލަތް ހެދުމުގެ މައްސަލަތައް ގިނަވާތީ އެކަން ހައްލު ކުރުމުގެ ގޮތުން، ޕްރީ އެކްޓިވޭޓަޑް ސީމް ދޫކުރުން ހުއްޓާލުމަށް ކޮމިއުނިކޭޝަން އޮތީރިޓީ އޮފް މޯލްޑިވްސް (ކެމް) އިން ނިންމައިފިއެވެ.

ޓެލެކޮމިއުނިކޭޝަން ޚިދުމަތް ދޭ ކުންފުނިތަކުން އަމަލުކުރަން ޖެހޭ އުސޫލުތައް ކަނޑައަޅަނީ ކޭމް އިންނެވެ. ސިމް ވިއްކުމުގައި އޮންނަ އުސޫލުތަކުގެ ސަބަބުން ރަޖިސްޓާ ނުކޮށް ހުންނަ ސިމްތައް ބޭނުން ކުރެވެއެވެ. އަދި ކޮންމެ މީހަކަށް ވެސް ބޭނުން އަދަދަކަށް ސިމް ގަނެވެއެވެ.

އޮޅުވާލައިގެން ފައިސާ ހޯދަން ގުޅާ މީހުންގެ މައްސަލަ ތަހުގީގު ކުރުމުގައި ވެސް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސިމްތަކުގެ ރަޖިސްޓްރޭޝަންގެ މައްސަލަތަކާއި ލިމިޓެއް ނެތި ސިމް ވިއްކުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެހެންވެ އެކްޓިވޭޓް ކޮށްފައި ހުންނަ ސިމްތައް ޑިސެމްބަރު 1 އިން ފެށިގެން އެކްޓިވޭޓް ވާނީ މައުލޫމާތު ކަށަވަރު ކުރުމަށް ފަހު ރަޖިސްޓާ ވުމުން ކަމަށް ކޭމް އިން ބުނެއެވެ.

ކޭމް އިން ބުނީ ކޮންމެ ކަސްޓަމަަރަކަށް ވިއްކާ ސިމްގެ އަދަދު ލިމިޓް ކުރުމާ ގުޅޭ މަސައްކަތްތަކެއް ވެސް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށެވެ.

އެކަމަށްޓަކައި ދިރާގާއި އުރީދޫ އާ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ނަމަވެސް ކޮންމެ ކަސްޓަމަރަކަށް ވިއްކާނެ ސިމްގެ ވަކި އަދަދެއް އަދި ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top