ޑރ ޒިޔާދުގެ ނަސޭހަތް: ރިވެތި އަޚްލާޤު

xdisiplinP20positifP20con.jpg.pagespeed.ic_.w9BEuBEtW_.jpg

عَنْ أَبِيْ ذَرٍّ جُندُبِ بْنِ جُنَادَةَ  وَأَبِيْ مُعَاذِ بْنِ جَبَلٍ رَضِيَ اللهُ عَنْهُمَا، عَنْ رَسُوْلِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قالَ: (اتَّقِ اللهَ حَيْثُمَا كُنْتَ، وَأَتْبِعِ السَّيِّئَةَ الْحَسَنَةَ تَمْحُهَا، وَخَالِقِ النَّاسَ بِخُلُقٍ حَسَنٍ). رواه التِّرمذيّ، وقالَ حديثٌ حَسَنٌ. وفي بعضِ النُّسَخِ حسنٌ صحيحٌ.

މާނައީ: މާތްﷲ ރުއްސުންލެއްވި އަބޫޛައްރުގެފާނާއި މުޢާޛުބުނު ޖަބަލު ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. “ތިބާވީ ކޮންމެ ތަނެއްގައި (ކޮންމެ ޙާލެއްގައި) ތަޤުވާވެރިވާށެވެ. އަދި ނުބައި ކަމެއް ކުރެވިއްޖެއްޔާ އެއާ ވިދިގެން ހެޔޮކަމެއް ކުރާށެވެ. އޭރުން އެ ނުބައިކަމެއް ފޮހެވިދާނެއެވެ. އަދި މީސްތަކުންނާއި ރީތި އަޚުލާޤާއެކު އެކުވެރިވެ އުޅޭށެވެ.”

ޙަދީޘް ލިބިގަންނަވިފިލާވަޅު

  • އިސްލާމްދީުގައި ރިވެތި އަޚްލާޤަށް ދެވިފައިވާ ދަރަޖަ
  • މާތް ﷲ އަށް ބިރުވެތި ވުމަށް އަންގަވާފައިވޭ
  • ތަޤުވާވެރިވުމަށް އަމުރު ކުރައްވާފައިވޭ
  • ނުބައިކަންތަކުން ދުރުވުމަށް އިރުޝާދު ދެއްވާފައިވޭ
  • ސަލާމަތްވާނެ މަގަކީ ގިނަގިނައިން ހެޔޮޢަމަލުކުރުން
  • މީސްތަކުންނާ މުޢާމަލާތް ކުރުމުގައިވެސް ރިވެތި އަޚްލާޤު އިސްކުރުން

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top