އަނަންތަރާ، ކިހަވައް ހުރަވަޅި ވިއްކާލަނީ

55b52-View-from-ocean.jpg

ބ. ހުރަވަޅީގައި ހިންގަމުން އަންނަ އަނަންތަރާ ކިހަވަށް ހުރަވަޅި ރިސޯޓު ގެ ކުލީގެ މިލްކުވެރިކަން ވިއްކާލަން  މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން އިއުލާންކޮށްފި އެވެ.

2006 ވަނަ އަހަރު ސަރުކާރުން ރިސޯޓު ހިންގަން އެމްޓީޑީސީއަށް ކުއްޔަށް ދީފައިވާ ކިހަވައް ހުރަވަޅި ވިއްކާލަން ނިންމިއިރު، އެ ރަށުގައި ތައިލެންޑްގެ މައިނާ އިންޓަނޭޝަނަލް އިން އަންނަނީ އެ ރިސޯޓު ހިންގަމުންނެވެ. އެ ކުންފުންޏަށް ކިހަވައް ހުރަވަޅި ކުއްޔަށް ދީފައިވަނީ އެމްޓީޑީސީންނެވެ.

އެމްޓީޑީސީ އިން ބުރާސްފަތި ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ 172 އެނދުގެ ރިސޯޓު ހިންގާ ރަށުގެ ލީސް ހޮލްޑް ރައިޓްސް [ކުލީގެ މިލްކުވެރިކަން] ވިއްކާލަން ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް ހުޅުވާލާ ކަމަށެވެ.

ސަރުކާރުން އެ ކުންފުންޏަށް ރިސޯޓެއްގެ ގޮތުގައި ކިހަވަށް ހުރުވަޅި ތަރައްގީކޮށް ހިންގަން 25 އަހަރަށް ކުއްޔަށް ދީގެން ހިންގުމުގެ ފުރުސަތު ލިބިފައިވާ ކަމަށް އެމްޓީޑީސީން ބުނެއެވެ.

ތައިލެންޑްގެ މައިނާ އިންޓަނޭޝަނަލް އިން ހިންގާ އަނަންތަރާ ކިހަވައް މޯލްޑިވްސް އަކީ ބ. ދަރަވަންދޫން ފުރައިގެން ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ މަތީ ފެންވަރުގެ ހިތްގައިމު ރިސޯޓެކެވެ. އެ ކުންފުނިން އެ ރަށް ހުޅުވާފައިވަނީ ޑިސެމްބަރު 2010ގަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top