ރައްޒާގުޓީޗަރ ނިޔާވެއްޖެ

10991278_762465673841927_4092151624342767295_n.jpg

9 ޑިސެމްބަރ 2016 : ބ.އޭދަފުށި މޫމިޔާގޭ އަބްދުއްރައްޒާގު ހުސެން-ނިޔާވީ އުމުރުން 47 އަހަރުގައި

ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ދިވެހި މުދައްރިސެއްގެ ގޮތުގައި 26 އަހަރު ހޭދަކުރައްވާފައިވާ ބ.އޭދަފުށީ މޫމިޔާގޭ އަބްދުއްރައްޒާގް ހުސޭން އުމުރުން 47 އަހަރުގައި ރޭ ދަންވަރު ނިޔާ ވެއްޖެއެވެ.

ހިތުގެ ބައްޔަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަމުން އަންނަ ރައްޒާގު ނިޔާވީ އޭނާގެ ހާލު ބޮޑުވެގެން އައިޖީއެމްއެޗް ގެ އައިސީއޫގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު 12:45ގަައެވެ.

އޭނާ ނިޔާވި އިރު އަނބިކަނބަލަކާއި ދެ ކުދިން ދުނިޔޭގައި ތިއްބެވި އެވެ.

ރައްޒާގު ނިޔާވުމުގެ ފުންހިތާމައިގާ ތިއްބެވި އާއިލާ ގެ އެންމެންނަށް އޭދަފުށީ ވޮއިސްގެ ފަރާތުން ތައުޒިޔާ ރައްދުކުރަނީ ރާއްޒާގުއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top