އޭދަފުށީ މަގުހެދުމުގެ ޕްރޮޖެކްޓް ލަސްވާތީ، އެމްޕީ ސަލީމް ކަންބޮޑުވުން ފާޅުކޮށްފި

saleem.jpg

އޭދަފުށީ މަހުހެދުމުގެ މަސައްކަތް ކުރިޔަށްދާ ސްޕީޑް އެކަށީގެންވާވަރަށްވުރެ ލަސްވަމުންދާތީ، އޭދަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ސަލީމް (ރެޑްވޭވްސަަލީމު) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އީވީއާ ވާހަކަ ދައްކަވަމުން ބުދަދުވަހު ސަލީމް ވިދާޅުވީ މިމައްސަލަ ރޯޑް ކޯޕަރޭޝަންގެ މެނޭޖިންގް ޑައިރެކްޓަރ އަބްދުއްރައްޒާޤް ހަލީމަށް ދަންނަވާފައިވާކަމަށާ، މަސައްކަތް ނުހުއްޓި ކުރިޔަށް ގެންދެވޭނޭ ގޮތްތަކެއް ހަމަޖައްސަން މަސައްކަތް ކުރަމުންދާކަމަށެވެ.

” އަޅުގަނޑު ހަލީމަށް ދަންނަވައިފިން އެއްގޮތަކަށްވެސް ކަމަކު ނުދެއޭ މަސައްކަތް ދާ ސްޕީޑެއް. މާލަހިއްޔޭ. ހަލީމް ވިދާޅުވީ މަސައްކަތް ހުއްޓުނީ ތަކެތި ލިބުމުގައި ދަތިވެގެންނޭ. މިހާރު ތަކެތި ލިބިފައޭ ހުރީ. މަސައްކަތް ދެން މެދެއް ނުކެނޑޭނޭ”

ސަލީމް ވިދާޅުވީ 2015 ވަނަ އަހަރު ރޯޑް ކޯޕަރޭޝަނާ މިމަސައްކަތް ހަވާލުކުރީ 2016 ވަނައަހަރު ނިންމުމަށްކަމަށާ، މަސައްކަތް ލަސްވަމުންދާތީ، ރައްޔިތުންގެ ޕްރެޝަރުވެސް އެމަނިކުފާނަށް ލިބެމުންދާ ކަމަށެވެ.

“އަޅުގަނޑު ރައްޔިތުންނަށް ދަންނަވަމުން މިދަނީ މިކަން އިރާދުކުރެއްވިއްޔާ 2017 ކުރީކޮޅު ނިންމާލެވޭނެއޭ. ރައީސް ޔާމީންވެސް މިކަންކަން ވަރަށް ގާތުން ބައްލަވައޭ. އަޅުގަނޑުވެސް ދެންބަލަމުން ދާނަން ދުވަހުން ދުވަހަށް މިވާނުވާ”

އޭދަފުށީގައި ތާރުއެޅުމަށް ހަމަޖެހިފައިވާ މަގުތައް ފާހަގަކޮށްފައިވާ ޗާޓެއް. މަސައްކަތް ލަސްވަމުންދާތީ އެމްޕީ ސަލީމް ވަނީ ކަންބޮޑުވުން ފާޅުކޮށްފައި / ފޮޓޯ: އޭދަފުށީ ކައުންސިލް

އޭދަފުށީގައި ތާރުއެޅުމަށް ހަމަޖެހިފައިވާ މަގުތައް ފާހަގަކޮށްފައިވާ ޗާޓެއް. މަސައްކަތް ލަސްވަމުންދާތީ އެމްޕީ ސަލީމް ވަނީ ކަންބޮޑުވުން ފާޅުކޮށްފައި / ފޮޓޯ: އޭދަފުށީ ކައުންސިލް

ރޯޑް ކޯޕަރޭޝަންގެ އެމްޑީއާ ހަވާލާދީ ސަލީމް ވިދާޅުވީ މަގުހެދުމަށް ބޭނުންވާ ހޮޅި ޝިޕްމަންޓެއް އަންނަ ހަފްތާ އޭދަފުއްޓަށް ގެނެވޭނެ ކަމަށާ، މަގުގައި އަޅާ ތާރު އޯޑަރު އަންނަ ހަފްތާގައި ކުރެވޭނެކަމަށެވެ.

އޭދަފުށިގެ 15 މަގު ހެދުމަށް 16 ޖޫން 2015ވަނަ ދުވަހު އެމްއާރްޑީސީ އާ ހަވާލުކޮށްފައިވަނީ 33 މިލިޔަން ރުފިޔާއަށް މަސައްކަތްފަށާތާ އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިމަޝްރޫއުގެ ދަށުން އޭދަފުށީގެ މަގުތަކުގައި ތާރުއަޅާނީ ޖުމްލަ 3.36 ކިލޯމީޓަރުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top