އެންމެ މަތިވެރި ހިޖުރައަކީ ނުބައި ކަންތައްތައް ދޫކޮށް, ރަނގަޅު ކަންތަކަށް ހިޖުރަކުރާ މީހާ: ޚުތުބާ

DSCN2884.jpg

އެންމެ މަތިވެރި ހިޖުރައަކީ ނުބައި ކަންތައްތައް ދޫކޮށް, ރަނގަޅު ކަންތައްތައް ހިޖުރަކުރާ މީހާ ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެެވެ.

މިއަދުގެ ހުކުރު ޚުތުބާ ބިނާކޮށްފައވަނީ ”ހިޖުރައިގެ ޒިކުރާއާއި ފިލާވަޅުތައް“ މި މައުޟޫއުގެ މައްޗަށެވެ. 

ޚުތުބާ ގައި ބުނެފައިވަނީ އެންމެ މަތިވެރި ހިޖުރައަކީ ނުބައި ކަންތައްތައް ދޫކޮށް, ރަނގަޅު ކަންތައްތައް ހިޖުރަކުރާ މީހާ ކަމަށެވެ. އަދި މުސްލިމުންނަށް އިއްޒަތާއި ގަދަރު ލިބުން އޮތީ އެމީހުންގެ އަގީދާގައި ހިފެހެއްޓި ވަރަކުން ކަމަށާއި އަގީދާ ބަލިކަށިވި ވަރަކަށް ނިކަމެތިވާނެ ކަމަށެވެ.

މީގެ އިތުރުން މާއްދީ ވަސީލަތްތައް ކިތަންމެ ވަރުގަދަ ވިޔަސް އީމާންކަން ބަލިކަށިވެ, އަގީދާގައި ރެނދު އަޅައިފި ނަމަ, އެ ބަޔަކު ބަލިވެދާނެ ކަމަށެވެ. އަދި ހިޖުރައިގެ ވާހަކައަކީ މުނިފޫހިފިލުވުމަށް ޓަކައި ކިޔާލަން ޖެހޭ ވާހަކައެއް ނޫން ކަމަށާއި އެއީ ޖާހިލުކަމާއި ކުފުރުގެ ރާޅުތަކުން އަރަމުން ދިޔަ ސަހަރާއެއްގެ މެދުތެރޭގައި މުސްލިމުންނަށް ވަތަނެއް ގާއިމްކޮށްދިން ހާދިސާއެއް ކަމަށް މި ޚުތުބާގައި ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top