އިއްޔެ އެންމެ ގިނައިން ވާރޭވެހުނީ މެދުރާއްޖެ ތެރެއަށް

IMG_20220514_120640345.jpg

މޫސުން ގޯސް ދުވަހެއް

އިއްޔެ ރާއްޖެއަށް ކުރި ވިއްސާރައިގައި އެންމެ ގިނައިން ވާރޭ ވެހުނީ މެދުރާއްޖެ ތެރެއަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.

އިއްޔެ މެންދުރުފަހު މެދުނުކެނޑި ފަސްގަޑި އިރަށް ވުރެ ގިނައިން ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ވެހިފައިވާކަމަށް މެޓް އޮފީހުން ރިޕޯޓުކޮށްފައި ވެއެވެ.

މެޓުން ބުނީ ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން ވާރޭ ވެހުނީ މެދު ރާއްޖެ ތެރެއަށެވެ. އެގޮތުން އއ. ތޮއްޑޫގެ އޮޓަމެޓިކް ވެދަރ ސްޓޭޝަންއިން 147މމ ރިކޯޑު ކުރެވިފައިވާއިރު މާލެއަށް 139 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް މެޓް އޮފީހުން ބުނެއެވެ.

މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ބޮޑަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމުގައި މެޓް އޮފީހުން ބުނެއެވެ. އަދި އަންނަ ހުކުރު ދުވަހާހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވަރަށްބޮޑަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top