ތުޅާދޫ ކައުންސިލުން ލިޔެލާޖަހަން ދަސްކޮށްދެނީ

img-1597.jpg

ރާއްޖޭގެ ކޮންމެ ހިސާބަކުން ވިޔަސް އެރަށެއްގެ ކައުންސިލުން އެދިއްޖެނަމަ އެރަށަކަށް ގޮސްގެން ލިޔެލާޖަހަން ދަސްކޮށްދިނުމަށް ތުޅާދޫ ކައުންސިލުން ނިންމައިފިއެވެ. މި ގޮތަށް ނިންމާފައިވަނީ ރާއްޖޭގެ ގިނަ ބަޔަކަށް ލިޔެލާ ޖަހަން ދަސްކޮށްދިނުމުގެ ގޮތުންނެވެ.

ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވީ އެ މަސައްކަތް ދަސްކޮށްދިނުމަށް އެދި ވަރަށް ގިނަ ރަށްރަށުގެ ކައުންސިލްތަކުން އެދެމުން އަންނަ ކަމަށާ އެހެންވެ، ތުޅާދޫ ކައުންސިލަށް އެއް ލައްކަ ރުފިޔާ ދިނުމުން، އެ ރަށަކަށް ގޮސް ކޯސް ހިންގައިދޭނެ ކަމަށެވެ.

“އެއް ލައްކަ ރުފިޔާ ދިނުމުން، އެ މަސައްކަތަށް ބޭނުންވާ 10 މެޝިނާއި އިންސްޓްރަކްޓަރަކު ފޮނުވައިދޭނެ. އެ ވަރުގެ ފީއެއް ނަގަނީ އިންސްޓްރަކްޓަރަށް މުސާރައިގެ ގޮތުގައި ބޮޑު އަދަދެއް ދޭން ޖެހޭތީވެ،” މިހާރު ނޫހަށް ދިން ބަސްދީގަތުމެއްގައި އަހުމަދު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ ކެއުމާއި ހުރުމާއި ދަތުރުގެ ހަރަދުތައް ވެސް އެ ކައުންސިލަކުން ކޮށްދޭން ޖެހޭނެކަމަށާ  ލިޔެލާ ޖަހަން ދަސްކުރާ ލަކުޑި ހޯދުމަކީ ވެސް އެ ކައުންސިލަކުން ހަމަޖައްސްއިދޭން ޖެހޭނެ ކަމެއް ކަމުގައެވެ.

ތުޅާދޫ މަޝްހޫރު ވެފައިވަނީ ލިޔެ ލާޖެހުމުގެ މަސައްކަތުގައި ރާއްޖޭގެ އެްމެ ކުޅަދާން މީހުން އުފެދިފައި ތިބި ހަމައެކަނި ރަށުގެ ގޮތުގައެވެ. އެމަސައްކަތުން ތުޅާދޫ މީހުން ރަނގަޅު އާމްދަނީއެއްވެސް އަންނަނީ ހޯދަމުންނެވެ.

ރާއްޖެ ވަޑައިގަންނަވާ އިއްޒަތްތެރިންނަށް ދޭ ސްވެނިއާ ނުވަތަ ހަދިޔާ އަކަށްވެސް އެންމެ މަގްބޫލު އެއްޗަކަށް ވެފައި އޮންނަނީ ތުޅާދޫ ރައްޔިތުން ލިޔެ ލާ ޖަހައިގެން ހަދާފައިވާ އެކި ވައްތަރުގެ ތަކެއްޗެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top