އޭދަފުށީ ކައުންސިލުން ހިންގި ”ދިވެހި ވޯކްޝޮޕް“ ނިންމާލައިފި

photo_2022-10-09_22-46-51.jpg

9އޮކްޓޫބަރު 2022---''ދިވެހި ވޯކްޝޮޕް''ގައި ކިޔަވައިދެއްވި އަބްދުﷲ ޖަމީލު އާއި އެކު ވޯކްޝޮޕްގެ ބައިވެރިން

އޭދަފުށީ ކައުންސިލުން ހިންގި ”ދިވެހި ވޯކްޝޮޕް“ ނިންމާލައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފި އެވެ.

މި ރަސްމިއްޔާތުގެ ނިމުން ފާހަގަކުރުން އޮތީ ރޭ 8:30 ގައި އޭދަފުށީ މަލްޓިޕާޕަސް އިމާރާތުގެ ޖަލްސާކުރާ ހޯލުގައެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ވޯކްޝޯޕްގައި އޭދަފުށީގައި ހުންނަ ސަރުކާރުގެ މުވައްސަސާތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި ކަމަށް އޭދަފުށީ ކައުންސިލުން މައުލޫމާތު ދެއްވި އެވެ.

މި ވޯކްޝޮޕްގައި، ދިވެހި ބަހުގެ ގަވާއިދާއި އުސޫލުތަކާއި އެއްގޮތަށް ރަސްމީ ލިޔެކިޔުން ހުންނަން ޖެހޭ ގޮތާއި ކުށް ބަސްބަހާއި ސުކުން ބޭނުން ކުރާނެ ހަމަތަކާއި ޔައުމިއްޔާ ތައްޔާރު ކުރާނެ ގޮތުގެ އިތުރުން ލަފުޒު ވަކިކުރާނެ ގޮތާއި ތިކިޖެހި ތާނައާއި ސިޓީއާއި ނޯޓު ލިޔާނެ ގޮތް ދަސްކޮށްދީފައި ވެއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ވޯކްޝޯޕްގައި މައުލޫމާތު ދެއްވާފައިވަނީ މޯލްޑިވްސް ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީސްގެ އެޗްއޯޑީ، އަބްދުﷲ ޖަމީލް އަހްމަދު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top