ޒުވާބުކުރުމަށްފަހު، ކޯރާޑިއަކުން އަނބިމީހާގެ ދެފައި ބުރިކޮށްލައިފި

ޕާކިސްތާނުގެ ޕަންޖާބް ސްޓޭޓްގެ ޝާހްޕޫރު އަވަށުގެ މަގެ. / ފޮޓޯ: އިންޓަނެޓް

ޕާކިސްތާނުގެ ޕަންޖާބް ސްޓޭޓްގެ ޝާހްޕޫރު އަވަށުގެ މަގެ. / ފޮޓޯ: އިންޓަނެޓް

ކައިވެނި ކުރިތާ މަހެއް ފަހުން ކުރެވުނު ޒުވާބަކަށް ފަހު، ޕާކިސްތާނުގެ އަންހެނެއްގެ ދެ ފައިގައި ކޯރާޑީއަކުން ފިރިމީހާ ޖަހައި، ދެ ފައި ބުރި ކޮށްލައިފި އެވެ.

ޕާކިސްތާނުގެ ފިރިހެނެއް ކަމުގައިވާ ސިއްދީޤް ކިޔާ މީހަކު، އޭނާގެ ދެވަނަ އަނބިމީހާ މައިމޫނާ ބީބީއާ އެކު ޒުވާބެއް ހިނގީ ރޭގެ ވަގުތެއްގައި ކަމަށް އެޤައުމުގެ މީޑިޔާތަކުން ރިޕޯޓް ކުރެ އެވެ.

ޕާކިސްތާނުގެ ޕަންޖާބުގައި ހުންނަ ޝާހުޕޫރުގައި ހިނގި މި ހާދިސާގައި، ސިއްދީޤް އޭނާގެ އަންހެނުން މައިމޫނާއަށް އަނިޔާކޮށް، އޭނާގެ ދެ ފައިގައި ކޯރާޑީއަކުން ޖަހައި ދެ ފައި ބުރި ކޮށްލީ ކަމަށް މީޑިޔާތަކުން ރިޕޯޓް ކޮށްފައ ވެ އެވެ.

ބުނެވޭ ގޮތުގައި، ސިއްދީޤް އާއި މައިމޫނާ ބީބީ މިދިޔަ މާރޗް މަހުގެ ތެރޭގައި ކައިވެނި ކުރިތާ ދުވަސްކޮޅެއް ފަހުން، މައިމޫނާއަށް އަނިޔާ ކުރަން ފަށާފައި ވެ އެވެ.

ޕާކިސްތާނުގެ ނޫހަކާ ހަވާލާދީ ޑެއިލީމެއިލްގައި ބުނެފައި ވަނީ، ރޭ މައިމޫނާގެ ދެ ފައިގައި ކޯޜާޑީއަކުން ޖަހައި ބުރި ކޮށްލުމުގެ ކުރިން ސިއްދީޤް ވަނީ މައިމޫނާގެ ގައިގައި ދަނޑިއަކުން ތަޅައި އަނިޔާ ކޮށްފަ އެވެ.

މި ކަން ހިނގައި ދިޔަ އިރު އަވަށްޓެރިންނަށް މި އަޑު އިވުމާ އެކު ވަނީ އެ ދެމަފިރިން ދިރިއުޅޭ ގެޔަށް ވަދެ، ސިއްދީޤް ފުލުހުންނާ ހަވާލުކޮށް، މައިމޫނާ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top