ދެދުވަހެއްގެ ތެރޭގައި ބިންހިއްކާ ނިމޭނެ – އޭދަފުށީ ކައުންސިލް

އޭދަފުށީ އިރުމަތީ ސަރަހައްދު ހިއްކާފައިވާ ބައިގެ ފޮޓޯއެއް / ފޮޓޯ: ތޯރިޤް

އޭދަފުށީ އިރުމަތީ ސަރަހައްދު ހިއްކާފައިވާ ބައިގެ ފޮޓޯއެއް / ފޮޓޯ: ތޯރިޤް

ސަރުކާރުން ކުރިޔަށްގެންދާ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން އޭދަފުށިން ހިއްކަން ހަމަޖެހިފައިވަ ބިން ދެދުވަހެއްގެތެރޭގައި ހިއްކައި މުޅިން ނިމޭނެކަމަށް އޭދަފުށީ ކައުންސިލް އިދާރާއިން ބުނެފިއެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު މިއަދު އީވީއަށް ވިދާޅުވީ، ދެދުވަހެއްގެ ތެރޭގައި ހިއްކުން ނިމިގެންދާއިރު، ލަސްނުވެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފެށޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ހިއްކައި ނިމުނު ނަމަވެސް ބޮސްކާލިސްގެ ޓީމާ، ބައެއް މެޝިނަރީ އޭދަފުށީގައި ހުންނާނެކަމަށެވެ.

” ބިންހިއްކާ ނިމުނަސް ބިންގަނޑު ލެވެލް ކުރުމުގެ މަސައްކަތަށް 2 ވެހިކަލެއްވަރު އޮންނާނެ މިކޮޅުގައި. ދެން ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް މިއޮންނަނީ ސަބްކޮންޓްރެކްޓަށް ބަޔަކާ ހަވާލުކޮށްފައި. އެމީހުންގެ މަސައްކަތް ލަސްނުވެ ފެށޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ” އަލީ ވަހީދު ވިދާޅުވިއެވެ.

4 ރަށެއްގެ ބިންހިއްކުމުގެ މަޝްރޫއުގެ ދަށުން އޭދަފުށީގެ އިތުރުން ދ. މީދޫގެ ބިން މިހާރުވަނީ ހިއްކާފައެވެ. ދެން ބިންހިއްކާނީ ދ. ކުޑަހުވަދުއާ، ކ. ތުލުސްދޫގައެވެ.

ބިންފުރި ތޮއްޖެހިފައިވާ އޭދަފުށީގެ ބިން މިހާރު ހަމަޖެހިފައިވާގޮތަށް ހިއްކާނިމޭއިރު ރަށުގެ ސައިޒު 56 ހެކްޓަރަށްވުރެ ބޮޑުވާނެއެވެ. މިހާރުގެ ސައިޒަކީ 31 ހެކްޓަރެވެ. އޭދަފުށީ ކައުންސިލުން ބުނީ ބިންހިއްކުމަށްފަހު އަވަސްގޮތެއްގައި ރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ސަރުކާރާ ގުޅިގެން ކުރެވޭތޯ މަސައްކަތް ކުރަމުންދާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top