ދުވާލަކު 3 ލިޓަރ ފެން ބޮއިގެން އަންހެނުންގެ ސިފަ ރީތި ކުރެވިދާނެ

WomanDrinkingWater.jpg

ސާރާސްމިތް އަކީ އުމުރުން 42 އަހަރުގެ ދެކުދިންގެ މަންމައެކެވެ. މައްސަލައަކީ ދާއިމީކޮށް ބޮލުގައިރިއްސުމާއި ހަޖަމުގެ މައްސަލަ ރަނގަޅު ނުވެ ދިގުދެމިގެން ދިއުމެވެ.

ޑޮކްޓަރުގެ އިރުޝާދާއިއެކު އޭނާނިންމީ 28 ދުވަސްވަންދެން ދުވާލަކު ތިންލިޓަރުގެ ފެންބޯށެވެ. ނަތީޖާފެނުނީ ވަރަށް ހައިރާންކުރަނިވި ގޮތަކަށެވެ.
“މިކަން ތަޖްރިބާ ކުރުމުގެ ކުރިން އަހަރެން ބަލާ މީހަކަށް ހީވާނީ އަހަންނަށް 52 އަހަރު ވެދާނެ ހެންނެވެ. މާނަ އަކީ އަހަރެން ފެންނާނީ އުމުރަށްވުރެ 10 އަހަރު ދޮށީ މީހެއްގެ ގޮތުގައެވެ. ލޮލުގެ ވަށައިގެން ހުންނަނީ ކަޅުވެފައެވެ. ލޮލުންފެންނާނީ ބަލިވެ އުޅޭ މީހެއްގެ ގޮތެވެ. މޫނުގައި ކުދި ރޫތައް ގިނަވެ ހަންގަނޑު ހިކިފައެވެ. މި ނޫނަސް ކިތަންމެ ކަމެކެވެ.” ސާރާ ކިޔައިދިނެވެ.

28 ދުވަހަށްފަހު އޭނައަށް އައި ބަދަލުތައް ހާމަކޮށްދެމުން ބުންޏެވެ. “ފުރަތަމަހަފްތާ ނިމުމުން އަހަރެންގެ ބަލިތައް ރަނގަޅުވަމުންދާ ކަމުގެ އިހްސާސް ކުރެވެން ފެށިއެވެ. ދެވަނަ ހަފްތާއަށް ފަހު ކުރިން އެއްގޮތަކަށްވެސް ނުފިލާހުރި ބޮލުގައި ރިއްސުން ވަރަށްބޮޑަށް ލުއިވެއްޖެއެވެ. އަދި ބަނޑުގޯސްވުމާއި ހަޖަމުގެ މައްސަލަވެސް ރަނގަޅުވަމުންދާކަމުގެ ޔަގީންކަން ލިބެން ފަށައިފިއެވެ.”

4 ހަފްތާ އަށްފަހު ސާރާގެ މޫނުހުރީ ވަރަށް ބޮޑަށްބަދަލުވެ ރީތިވެފައެވެ. މޫނުގައި ކުރިންހުރި ރޫތަކާއި ލޮލުގެ ވަށައިގެން ލެވިފައިހުރި ކަޅު ދާއިރާ އެއްކޮށްފިލައިގެން ހިގައްޖެއެވެ. އޭނާގެ ބަރުދަން ލުއިވެ ހިކިފައިވާ ހަންގަނޑު އޮމާންވެ އޮފު އަރާފައެވެ. ކުރިން ހުރި މުސްކުޅި ސިފަ ޒުވާންކަމަށް ބަދަލުވެފައެވެ.

ސާރާއަކީ މިއަދު ފުރިހަމަސިއްހަތު ލިބިފައި ހުރި އަންހެނެކެވެ. ހަށިގަނޑުގައި ބާރު އެބަހުއްޓެވެ. އޭނާގެ އެދުމަކީ ކޮންމެ އަންހެނަކު ވެސް އޭނައެކޭ އެއް ފަދައިން ދުވާލަކު 3 ލިޓަރު ފެންބޮއިގެން މިކަން ތަޖްރިބާ ކޮށްލެއްވުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top