އަހަރު މެދާ ހަމައަށް އައިއިރު ދިވެހި ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކުރާ އާސަންދަ ސްކީމަށް މި އަހަރު ކަނޑައެޅި ބަޖެޓު ހުސްވެ އިތުރަށް 143 މިލިއަން ރުފިޔާ ހަރަދު ވެއްޖެކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް އާސަންދަ ބަޖެޓުން 874 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އާސަންދައަށް މި އަހަރަށް ކަނޑައަޅާފައިވަނީ 730 މިލިއަން ރުފިޔާ އެވެ.
މިއަހަރުގެ މި މުއްދަތުގައި އާސަންދައަށް ހޭދަކޮށްފައި ވަނީ 757 މިލިއަން ރުފިޔާ އެވެ.
އާސަންދައަށް ދައުލަތުން ކުރާ ޚަރަދު އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ އަހަރު އާސަންދައަށް ކަނޑައެޅި ބަޖެޓަށް ވުރެ ގާތްގަނޑަކަށް 40 ޕަސެންޓް އިތުރަށް ހަރަދުކުރި އެވެ. މިދިޔަ އަހަރު އާސަންދަ ބަޖެޓަށް 718 މިލިއަން ރުފިޔާ ކަނޑައެޅި އިރު އަހަރު ނިމުނު އިރު 1.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.