އުނޑޫދޫގައި ބިދޭސީއެއްގެ ގަޔަށް ވަޅިހަރައި ޒަހަމް ކޮށްލައިފި

maldives-islands-1-800x468.jpg

ބ.އަތޮޅުގެ ފަޅުރަށެއް ކަމުގައިވާ އުނޑޫދޫގައި ދެ ބިދޭސީންގެ މެދުގައި މާރާމާރީ ހިންގައި އެތަނުން އެކަކު ވަރަށް ބޮޑަށް ޒަހަމް ކޮށްލައިފި އެވެ. ޒަހަމް ވެފައިވަނީ އުމުރުން 45 އަހަރުގެ މީހެކެވެ.

ރޭ 10 ޖެހިއިރު ހިނގި މިހާދިސާގައި ޒަހަމްވީ މީހާ ބ.އަތޮޅު ހޮސްޕިޓަލަށް ގެނައި އިރު އޭނާގެހާލު ކްރިޓިކަލް ނަމަވެސް ފަސް ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވި އެވެ.

މި ހާދިސާގައި އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިހަރާފައިވާ ކަމަށާއި އޭނާގެ ބަނޑަށް ފުންކޮށް ވަޅިހަރައި ޒަހަމް ކޮށްލުމުން ގޮހޮރު ވެސް އޮތީ ނުކުމެފައި ކަމަށް އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއްވި އެވެ.

އެ މާރާމާރީއާ ގުޅިގެން ފުލުހުން ވަނީ 43 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ. އަދި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top