އުޑޫދޫ މާރާމާރީގައި ޒަޚަމްވި މީހާ އިތުރު ފަރުވާ އަށް މާލެއަށް

DSCN1000.jpg

ބ. އަތޮޅުގެ ފަޅު ރަށެއް ކަމުގައިވާ އުނޑޫދޫގައި އިއްޔެ ރޭ ދެ ބިދޭސީއެއްގެ ދެމެދުގައި ހިންގި މާރާމާރީގައި ވަޅި ހަރައި ޒަހަމްކޮށްލި މީހާ އިތުރު ފަރުވާއަށް މާލެ ގެންނަން ނިންމައިފި އެވެ.

ހަމަލާގައި ޒަޚަމްވި 45 އަހަރުގެ ފިިރިހެން މީހާ ވަނީ ބ. އަތޮޅު ހޮސްޕިޓަލުގައި އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ އޭނާ އަދި ވެސް އޮތީ އިމަޖެންސީގައި ކަމަށާއި ހާލަތަށް ކުރިއެރުމެއް ނުލިބޭ ކަމަށެވެ. އެހެންވެ މިހާރު މަސައްކަތް ކުރަމުން ދަނީ އިތުރު ފަރުވާއަށް މާލެ ފޮނުވަން ކަމަށެވެ.

އޭނާގެ ބޮލުގެ ހަތް ތަނަކަށް ވަޅި ހަރާފައިވާ އިރު ދެ އަތުގައި ވެސް ވަނީ ރެނދު ލައިފައެވެ. އަދި ބަނޑުގައި ވެސް ފުން ޒަހަމްތަކެއް ހުރި އިރު ނޭފަތަށް ވެސް ވަނީ އަނިޔާ ލިބިފައެވެ.

މި މާރާމާރީއާ ގުޅިގެން 43 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި