ވިސްސާރަވެ މޫސުން ގޯސްވުމާ ގުޅިގެން ހއ.އަތޮޅުން ފެށިގެން ބ.އަތޮޅާ ދެމެދުގެ ރަށްތަކަށް މޫސުމާބެހޭ ގައުމީ އިދާރާއިން ޔެލޯއެލާޓް ނެރެފިއެވެ.
ޔެލޯ އެލާޓަކީ މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާއަކަށް ކަމާބެހޭ ފަރާތްތަކާއި އާއްމު ރައްޔިތުން ސަމާލުވެ ތިބުމަށްޓަކާ ނެރޭ އިންޒާރެކެވެ. މިއިންޒާރު ނެރޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ، ކަނޑުދަތުރު ފަތުރު ނުކުރުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ
އުތުތުގެ އަތޮޅުތަކުގެ ރަށްތަކަށް ޔެލޯއެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 11.30 އިން ފެށިގެން މެންދުރުފަހު 15:30 އާ ހަމައަށެވެ. މި ވަގުތުތަކުގައި ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހަތް އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ރާއްޖޭއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ބައެއް ރަށްތަކަށް ދަނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ ގެއްލުންތައް ވަމުންނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.