ސަލްސާގެ އީދުސައި. އާލާވަމުންދާ ރިވެތި އާދައެއް

ސަލަސަަ-800x486-800x486-800x486-800x486-800x486-800x486.jpg

ސަލްސާ އިންވެސްޓްމަންޓްގެ ފަރާތުން އޭދަފުށިގައި ހިންގަމުން އަންނަ ސަލްސާ ރީޓްރީޓްގެ ފަރާތުން އީދު ސައި ތައާރަފްކޮށް ، ނެތެމުން ދިޔަ ރީތި އާދައެއް ދިރުވުމަށް އިސް ނަންގަވައިފިއެވެ.

ސަލްސާ ރީޓްރީޓް އުފެދުނީއްސުރެ ސަލްސާގެ އެމްޑީ.އިބްރާހީމް އާމިރު ގެންދަވަނީ މި އާދަ ދިރުވަމުންނެވެ. އަދި ސަލްސާގެ ހުރިހާ ރެސްޓޯރެންޓެއްގައި ވެސް މި ކަން އޮވެއެވެ.

އީދަށް ޖަމާއަތް ހަދައިގެންނާއި ގްރޫޕްތަކާއި އާއިލާތައް އެކުވެގެން އީދު ސައި ތައްޔާރު ކުރުމަކީ ދިވެހިންގެ އާދަކާދައާއި ސަގާފަތުގެ ތެރެއިން ހިނގަމުން ދިޔަ ކަމެކެވެ. މިކަން ހުއްޓިފައި އޮންނަތާ އަހަރުތަކެއް ވުމަށްފަހު ފަހަކަށް އައިސް އަނެއްކާވެސް މިއާދަ ދިރުވުމުގެ ގޮތުން ރަށްރަށުގައި ޖަމާއަތް ހަދައިގެން އީދު ސައި ބާއްވަމުން އާދެއެވެ. ނަމަވެސް އޭދަފުށީގައި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަނަކަުން މި ފަދަ ގޮތަކަށް އީދު ސައި ބާއްވާފައިވަނީ ސަލްސާ އިން އެކަންޏެވެ.

އިދު ސައިގެ އިތުރުން ސަލްސާއިން ވަނީ މި ރޯދަމަހު ގިނަ ބަޔަކަށް މިފަދަ ގޮތަކަށް ގިނަ ބަޔަކު ބައިވެރިވާގޮތަށް ރޯދަ ވީއްލުމެއް ވެސް ބާއްވާފައެވެ. ހަމަ އެހެންމެ ރޯދަމަހަށް މަރުހަބާ ކިއުމުގެ ގޮތުން މާހެފުމެއްވެސް ބާއްވާފައެވެ.

ސަލްސާ ރީޓްރީޓުން އިން ބުނީ އީދު އައީ ހިނިތުން ވެގެން ކަމަށާ ވާއިރު އީދުގެ އިޖްތިމާއީ ގުޅުން ރަމްޒު ކޮށްދޭ އެންމެ މުހިއްމު ކަމަކީ އީދު ސައި ކަމުގައެވެ. ކޮންމެ އީދެއްވެސް ފެށިގެން އީދު ސައިން ފެށިގެން ދަނީ އެހެންވެގެން ކަމުގައެވެ.

އެހެން ނަމަވެސް މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން މިފަހަރު ސަލްސާ ރީޓްރީޓުން އުއްމީދުކުރި ވަރަށް އީދު ސަޔަށް މީހުން އައިސްފައިނުވާކަން ފާހަގަ ކުރިއެވެ. އުފާވެރި ޚަބަރަކީ އުވެމުން ނެތެމުން ދިޔަ އާދައެއް އަލުން އަނބުރާ މި މުޖްތަމައަށް ގެނެސްދިނުމަށް ސަލްސާ އާމިރުގެ އިސްނެންގެވީތީވެ ގިނަ ބަޔަކު އޭނާއަށް ތައުރީފު އަދާކުރަމުން ދިއުމެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު