އޭދަފުށީގައި”ޕިންކް ރިބަން ރަން ވޯކް“ ބާއްވައިފި

img-0197.jpeg

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ކެންސަރު ސޮސައިޓީ ގުޅިގެން ކޮންމެއަހަރަކު ބާއްވަމުން އަންނަ “ޕިންކް ރިބަން ރަން ވޯކް” މިއަދު އޭދަފުށީގައި ބާއްވައިފި އެވެ.

މި ހަރަކާތް ބާއްވަން ހަމަޖެހިފައި އޮތީ އިއްޔެއެވެ. ނަމަވެސް މޫސުން ގޯސްވުމާގުޅިގެން މިއަދަށް ލަސްކުރެވުނީ އެވެ.

އޭދަފުށީގެ އިތުރުން ހުޅުމާލެއާއި 11 ރަށެއްގައި މި އިވެންޓް މިއަދު ވަނީ 2،400 އަށް ވުރެ ގިނަ ބައިވެރިން ރަޖިސްޓްރީ ކޮށްގެން ކުރިއަށް ގެންގޮސްފަ އެވެ.

”ޕިންކް ރިބަން ރަން ވޯކް“ ހަރަކާތަކީ ކެންސަރަށް ހޭލުންތެރިކަން އިތުރުކޮށް ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފޯރު ކޮށްދޭ ސައިކޯސޯޝަލް ސަޕޯޓުގެ ޚިދުމަތްތަކަށް އެހީވާން ބީއެމްއެލްގެ މާލީ އެހީތެރި ކަމާއެކު ހިންގާ ހަރަކާތެކެވެ.

ބީއެމްއެލް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ކެންސަރު ސޮސައިޓީގެ ”ޕިންކް ރިބަން ރަން-ވޯކް“ އަށް އެހީތެރިކަން ދެމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top