ﷲގެ އިސްމުފުޅު ތާނައިން ނުލިއުމަށް އެދިވަޑައިގެންފި

allah-name-desktop-wallpapers-1024x768.jpg

ﷲގެ އިސްމުފުޅު ލިޔަންވާނީ ﷲ މިގޮތަށް (ނުވަތަ ޢަރަބި ފޮންޓަކުން) އަރަބި އަކުރުން ކަމަށާއި އަދި ހަމަ މިފަދައިން ކީރިތި ޤުރުއާންގެ އާޔަތްތަކުގެ ނައްޞުތަކާއި ކީރިތި ރަސޫލާ ހަދީސްފުޅުތަކުގެ ނައްސުތައް ވެސް ލިޔަންވާނީ ވާރިދުވެފައިވާ ގޮތަށް އަރަބި އަކުރުން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެެއެވެ.

އެމިނިސްޓްރީން އިއްޔެ ނެރެ ފައިވާ ނޫސް ބަޔާނެއްގައި މިކަމާބެހޭ ގޮތުން އިތުރަށް ބުނެފައިވަނީ މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ނޫސްމަޖައްލާތަކުންނާއި ސޯޝަލް މީޑިއާގައި ދިވެހި ބަހުން ލިޔާ ބައެއް ލިއުންތަކުގައި ﷲގެ އިސްމުފުޅު ތާނައިން ތާނަ އަކުރުން ލިޔަމުން އަންނަ ކަން ފާހަގަކުރެވޭ ކަމަށާއި ، ތާނަ އަކުރުން ﷲގެ އިސްމުފުޅުލިއުމަކީ އެކި ޒަމާންތަކުގައި ދިވހީންގެ ތެރެއިން ދީނީ އިލްމުވެރިންނަޢި އަދި ސަރުކާރުތަކުންވެސް މަނާކުރަމުން އަންނަ ކަމެއް ކަމުގައެވެ.

” عبد الله، عبد الرحمان  ފަދަ ﷲގެ އިސްމުފުޅެއް ހިމަނައިގެން ކިޔާ ނަންކިޔުމުގައި ނަން ކުރުކޮށްލުމުގެ ގޮތުން ވެސް އެއްވެސް މާނައެއް ދޭހަނުވާގޮތަށް ކިޔާ އުޅެއެވެ. މިއީވެސް ﷲގެ އިސްމުފުޅަށް ނަމެއް ނިސްބަތް ކުރުމުގައި ކިޔުން ވެސް އަދި ލިޔުން ވެސް ހުއްދަވާނެ ގޮތެއް ނޫނެވެ.”މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިކަންކަމަކީ އިސްލާމްދީނަށް އިޙްތިރާމާއި ލޯބިކުރާ އެއްވެސް މީހަކު ދެބަސްވާނެ ކަމަކަށް ނުވާތީ އެއްވެސް މީހަކު ލިޔާ ލިޔުމެއްގައި ﷲގެ އިސްމުފުޅު ތާނައިން ނުލިޔުމަށާއި އިތުރަށް ބަޔާންކުރި ކަންކަމަށް ސަމާލުކަން ދިނުމަށް އަންގާ އިއުލާން ކުރާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top