ނަޒީރު އަޅުއްވައިދެއްވާ ޓާފް ދަނޑަށް ބޭނުންވާ ބައެއް ތަކެތި އަތުވެއްޖެ

28468068_10156169777729694_3263796355360316474_n-1.jpg

އޭދަފުށީ ޒުވާނުންނަށް މިއޮތީ ވަރަށް އުފާވެރި ޚަބަރެކެވެ. އެތައް ދުވަހެއްގެ އުއްމީދު ހަގީގަތަކަށް ވަނީއެވެ. އޭދަފުއްޓަށް އުފަން އަހްްމަދު ނަޒީރު އޭދަފުށީގައި އަޅައިދިނުމަށް ވިދާޅުވެފައިވާ ޓާފް ދަނޑު އެޅުމަށް ބޭނުންވާ މެޝިނަރީޒް އާއި މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނުގެ ފުރަތަމަ ޝިޕްމެންޓް އޭދަފުއްޓަށް އަތުވެއްޖެއެވެ.

މިކަމާގުޅިގެން އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވީ އެތަކެތި މިހާރު ދަނޑު ސަރަހައްދަށް ޖަމާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭދަފުށީގެ ޒުވާނުންނަށް ބައިނަލް އަގްވާމީ ފެންވަރުގެ ޓާފް ދަނޑެއް އަޅުއްވައިދެއްވާނެކަމަށް މިދިޔަ މަޖްލިސް އިންތިހާބުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ ކެމްޕޭންގެ ޖަލްސާއެއްގައި ނަޒީރު ވިދާޅުވެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕްރޮޖެކްޓުގެ ދަށުން އެ ދަނޑުގައި ޓާފް އެޅުމުގެ އިތުރުން ލައިޓް ސިސްޓަމުތައް ވެސް ހަރުކުރާނެއެވެ.

ފުޓްބޯޅައިގެ ރީތި ތާރީޚަކާއި ފުޓްބޯޅައަކީ އެކުދިންގެ ލެއާގުޅިފައިވާ ޒުވާނުންތަކެއް ދިރިއުޅޭ އޭދަފުށިން ގައުމީ ފެންވަރުގެ މޮޅު ކުޅުންތެރިންތަކެއް އުފައްދާފައިވާއިރު އޭދަފުށީގައި އެކަށީގެންވާ ފުޓްބޯޅަ ދަނޑެއް ނެތުމަކީ ޒުވާނުންގެ އެންމެ ބޮޑު ޝަކުވާއެވެ.  މި ޓަފް ދަނޣުގެ ސަބަބުން އެޗަކުވާ އަށ ނިމުމެއް އަންނާނެކަމަށް ޒުވާނުން ބުނެއެވެ.

ޓާފު ދަނޑު އަޅަން ހަމަޖައްސާފައި ވަނީ އޭދަފުށީ އިރުމަތީ ސަރަހައްދު ފުޓްބޯޅަ ދަނޑުގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top