ގްރޭޑް 10އިން މަތީގެ ދަރިވަރުންނަށް މިހާރު ހުކުރު ކުރުމުގެ ހުއްދައަށް އެދެވޭނެ

large_153113000225xlBX.jpeg

ގްރޭޑް 10 އިން މަތީގެ ދަރިވަރުން އިމާމުވެ، ހުކުރު ނަމާދު ކުރުމުގެ ހުއްދައަށް އެދި މިހާރު ހުށަހެޅޭނެކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

އިމާމުންނާއި ޚަތީބުންގެ ޒުވާން ޖީލެއް އުފެއްދުމަށް އިސްލާމިކް މިނިސްޓްރީން ގެންގުޅޭ ސިޔާސަތުގެ ދަށުން ގްރޭޑް 10، 11 އަދި 12 ގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުން އިމާމުވެ، ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީ ނިންމީ އިއްޔެއެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެކަމަށް އެ ހުއްދަ ދެނީ، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ގުރުއާން ކިޔަވައި، ނަމާދުގެ ފިގުހުގެ ބައިތަކަށް އަހުލުވެރިފައިވާ ދަރިވަރުންނަށް ކަމަށެވެ. އެކަމަށް ކުރިމަތިލުމަށް ހުޅުވާލީ، އިސްލާމިކް މިނިސްޓްރީގެ އިލެކްޓޯރޯނިކް ފޯމު މެދުވެރިކޮށެވެ.

މިކަމަށް އެދި ހުށަހަޅާ އިރު، އައީޑީ ކާޑުގެ ކޮޕީއަކާއި ތައުލީމީ ސެޓްފިކެޓްތަުގެ ކޮޕީ އާއި ޤުރުއާން މުބާރާތަކުން ވަނައެއް ލިބިފައިވާ ނަމަ އެކަމުގެ ސެޓްފިކެޓާއި ސްކޫލެއްގައި އުޅޭ ނަމަ އެކަމުގެ ލިޔުމާއި 18 އަހަރު ނުފުރޭ ދަރިވަރެއް ނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެކަމަށް ޝައުގުވެރިވާ ދަރިވަރުން އަންނަ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top