ދީނާ ޚިލާފު ފޮތްތަކެއް ވިއްކަމުން ދަނިކޮށް އަތުލައިގެންފި

fair1.gif

އިސްލާމް ދީނާ ޚިލާފަށް ލިޔެފައިވާ ގިނަ އަދަދެއްގެ ފޮތް، މާލޭގެ ފިހާރައެއްގައި ވިއްކަމުން ދަނިކޮށް އަތުލައިގެންފިކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.

މޯލްޑިވްސް ކަސްޓަމްސް އިން އެކަން ޔަގީން ކޮށްދެމުން ބުނެފައިވަނީ، އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަތަކެއް ހުރި ގިނަ އަދަދެއްގެ ފޮތްތަކެއް އިއްޔެ މާލެއިން އަތުލައިގެންފައިވާކަމަށާ މި ފޮތްތައް އަތުލައިގެންފައިވަނީ މާލޭގެ ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުއްޓާ ކަމަށެވެ.

ކަސްޓަމްސް އިން އަތުލައިގަތް ފޮތްތަކުގެ އަދަދު 109 އަށް އަރާކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

އިސްލާމް ދީނާ ޚިލާފު ވާހަކަތަކެއް ހުރި ފޮތްތަކެއް ވިއްކަން ބަހައްޓާފައި ހުއްޓާ ކަސްޓަމްގެ ބެލުމުގެ ދަށަށް ގެންދިޔަކަން ހާމަކުރެއްވި ނަމަވެސް އެ ފޮތްތައް އަތުލައިގަތީ ކޮން ފިހާރައަކުން ކަން އަދި ކަސްޓަމްސް އިން ހާމައެއް ނުކުރެއެވެ.

މިފަދަ ހާދިސާއެއް ފެންމަތިވިއިރު، މީގެ ކުރިންވެސް ރާއްޖޭގައި އެހެން ދީންތައް ފެތުރުމުގެ މަސައްކަތް ކުރުމުގެ ގޮތުން އިސްލާމްދީނާ ޚިލާފު ތަކެތި ރާއްޖެ އެތެރެކުރި މައްސަލަތަކެއް ވަނީ ފެންމަތިވެފައިވެއެވެ. ނަމަވެސް މިއީ ފާޅުކަން ބޮޑު ގޮތެއްގައި ދީނާއި ޚިލާފު ފޮތްތަކެއް މާލޭގެ އާންމު ފިހާރައެއްގައި ވިއްކަން ބެހެއްޓި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top