އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން އަވަސްކުރަންޖެހޭ: އެމްޕީ. އާދަމް ޝަރީފް

img_md_201904090358041554807484.0982.jpeg

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު / ފައިލް ފޮޓޯ: ޑިފެންސް މިނިސްޓްރީ

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް އަވަސްކުރަންޖެހޭ ކަމަށް ރ.މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އާދަމް ޝަރީފް ވިދާޅުވީ ބޮޑެތި ކަންކަން ނިންމަންވާނީ އެކަށޭނެ ދިރާސާ އާއި މަޝްވަރާކޮށްގެން ކަމަށާއި ނަމަވެސް ދިރާސާއަކަށް އަހަރަކަށް ވުރެ ގިނަ ދުވަސް ނެގުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ރޭ ބޭއްވި ޕެނަލް ޑިސްކަޝަން އެއްގައި ވާހަކަ ދައްކަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އެކަމުގެ ދިރާސާތައް މިހާރު ނިމިފައިވާކަމަށާ އެހެންނަމަވެސް އެކަމަށް އަމަލީ ސިފަ ގެނެވޭ ވަރު ވާނީ އަންނަ އަހަރު ކަމަށް ވިދާޅުވެފައެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް މިނިމަމް ވޭޖް ބޯޑެއް އުފައްދާފައިވާއިރު އެ ބޯޑުން ބުނެފައިވަނީ އަމާޒަކީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމައި އިކޮނޮމިކް މިނިސްޓަރަށް އެކަށީގެންވާ ލަފައެއް އަރުވާނެ ކަމަށެވެ.

އަދި ބޯޑުން މިހާރު ކުރަމުންދާ މައިގަނޑު މަސައްކަތަކީ ސަރުކާރުގެ އެކި މުއައްސަސާތަކާއި އެހެން ފަރާތަކުން ލިބެން ހުރި މައުލޫމާތުތައް އެއްކުރުން ކަމަށާއި އެ މައުލޫމަތުތައް އެއްކުރުމަށް ފަހު “އެންޓާޕްރައިޒް ސާވޭ” އެއް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top