ބައި-އިލެކްޝަނުން ޕީޕީއެމް އަށް ދެގޮޑި

96F42648-6168-432E-8491-7AF095767186.jpeg

މިއަދު އިލެކްޝަން ކޮމިޝަން (އީސީ) އިން ތިން ދާއިރާއަކަށް މީހުން އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނުން އިދިކޮޅު ޕީޕީއެމް ދެ ގޮނޑި ކާމިޔާބުކޮށްފިއެވެ.

މިއަދު ބައި-އިލެކްޝަން ބާއްވާފައިވަނީ ޅ. ކުރެންދޫ ކައުންސިލް ރައީސް އިންތިޚާބު ކުރުމަށާއި، ދ. މީދޫ އަދި ފ. ނިލަންދޫން ކުރެ ކޮންމެ ރަށަކަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރަކު އިންތިޚާބު ކުރުމަށެވެ.

މިގޮތުން މިއަދު ކުރިއަށް ދިޔަ ޅ. ކުރެންދޫ ކައުންސިލުގެ ރައީސްގެ ބައި-އިލެކްޝަންގައި މަދީހް މި އިންތިހާބު ކާމިޔާބު ކުރެއްވީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ނަސީމާއި ވާދަކޮށް 42 ވޯޓްގެ ތަފާތުންނެވެ. މި އިންތިހާބުގައި ވޯޓު ލުމަށް ކުރެންދޫގައި ދެ ވޯޓު ފޮއްޓާއި މާލޭގައި އެއް ވޯޓުފޮށި ބަހައްޓާފައި ހުރިއިރު ހުރިހާ ވޯޓު ފޮއްޓަކުންވެސް ކުރިހޯދީ މަދީހު އެވެ.

ފ. ނިލަންދޫއާއި، ދ. މީދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ނިލަންދޫ ގޮނޑި ކާމިޔާބު ކުރީ ވެސް ޕީޕީއެމްއެވެ. ދ. މީދޫ ގޮނޑި ކާމިޔާބު ކުރީ އެމްޑީއޭ އިންނެވެ.

ނިލަންދޫ ގޮނޑިއަށް ޕީޕީއެމްގެ އިތުރުން އަމިއްލަ ތިން ކެނޑިޑޭޓަކާއި، އެމްއެންޕީގެ ކެނޑިޑޭޓަކު ވާދަކުރިއެވެ. އަދި މީދޫ ގޮނޑިއަށް ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އިތުރުން އެމްއެންޕީ އާއި އަމިއްލަގޮތުން ކުރިމަތިލި ކެނޑިޑޭޓަކު ވާދަކުރިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top