މިފްކޯއިން އަލަށް ދެ ބާވަތެއްގެ މަސްދަޅު ނެރެފި

big_iGHOWk9OAgs5HZ8GpoYfa5GXj.jpg

ރޯދަ މަހާ ދިމާކޮށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން އަލަށް ދެ ބާވަތެއްގެ މަސްދަޅު ބާޒާރަށް ނެރެފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދު ހަވީރު އަލަށް ނެރެފައިވަނި ވަނީ ޒައިތޫނި ތެލުގައި ކަނޑުމަސް ބަނޑައިދުލާއި ކުޅި ލުނބޯ ފެނުގައި ބަންދުކޮށްފައިވާ މަސްދަޅެވެ. މި ދެ ބާވަތުގެ މަސްދަޅުވެސް ވަނީ މިދިޔަ މިއަހަރުގެ މަސްވެރިންގެ ދުވަހު ލޯންޗް ކޮށްފައެވެ.

މަސްދަޅުތައް ތައާރަފު ކޮށްދެއްވީ މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ އާއި އެ ކުންފުނީގެ ބޯޑު މެމްބަރު ޝުއައިބު މުހައްމަދެވެ.

ފައުޒީ ވިދާޅުވީ މިއަދު ބާޒާރަށް ނެރުނު ދެ ބާވަތަކީ ވެސް މާކެޓު ދިރާސާތަކާއި ލެބް ޓެސްޓުތަކަށް ފަހު ދިވެހިންނަށް ކަމުދާނެ ހެން ތައްޔާރު ކޮށްފައިވާ ބާވަތްތަކެއް ކަމަށާއި ވަރަށް އަވަހަށް އިތުރު ޕްރޮޑަކްޓުތައް ވެސް ބާޒާރަށް ނެރޭނެ ކަމަށެވެ.

އެ މަސްދަޅުތައް މިއަދުން ފެށިގެން މިފްކޯގެ ހުރިހާ ފިހާރައަކުން ލިބެން ހުންނާނެ ކަމަށާއި އަދި 3335533 އަށް ގުޅައިގެން އޯޑަރު ވެސް ކުރެވޭނެކަމަށް މައުލޫމާތު ދެއްވި އެވެ.

މިފްކޯއިން ބުނީ އެ ކުންފުނީގެ އުފެއްދުންތައް ރޯދަ މަހު ހުސްނުވެ ލިބެން ހުންނާނެ ކަމަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top