ހޮޑުލާތީ ދޭ ބޭހެއް ރާއްޖޭގައި މަނާކޮށްފި

b_mWKg4LV6gvNxROEV5HjxWgAxR.png

އެމްއެފްޑީއޭއިން ވިއްކުން މަނާކުރި ބޭސް -- ފޮޓޯ: އެމްއެފްޑީއޭ

ހޮޑުލާތީ ދޭ ބޭހެއް ކަމަށްވާ “އެޑިމޯން ސަސްޕެންޝަން”ގައި ނުރައްކާތެރި ކެމިކަލެއް ހުރުމުން އެބޭސް ރާއްޖެ އެތެރެކޮށް، ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު އެލާޓެއްގައި ބުނީ އެ ބޭހުގައި ޑައިއީތައިލިން ގްލައިކޯލް (ޑީއީޖީ) ކިޔާ މާއްދާއަކާއި އިތައިލީން ގްލައިކޯލް (އީޖީ) ކިޔާ މާއްދާއެއް ހިމެނޭ ކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީން އަންގާފައިވާ ކަމަށެވެ. އެ ބޭސް އުފައްދަނީ ޕާކިސްތާނުގައެވެ.

އެމްއެފްޑީއޭއިން ބުނީ އެއީ ބޭހުގައި ހުންނަން ނުވާ މާއްދާތަކެއް ކަމަށާއި އެ މާއްދާތަކުން ނުރައްކާ ވެދާނެ ކަމަށެވެ.

އެހްންކަމުން މިއަދުން ފެށިގެން އެ ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށާއި އަމިއްލަ ބޭނުމަށް ބޭސްސިޓީއަށް އެ ބޭސް އިމްޕޯޓު ކުރުމަކީވެސް މަނާ ކަމެއް ކަމަށް އެއޮތޯރިޓީން ވަނީ އަންގާފައެވެ.

އެމްއެފްޑީއޭއިން ވަނީ އެ ބޭސް އެތެރެކޮށް، ވިއްކާ ފަރާތްތަކުން އުސޫލާ އެއްގޮތަށް އެ ބޭސް ނައްތާލުމަށް އަންގައިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top