ބާޣީ ލުތުފީ މިނިވަން ވެއްޖެ

241286_3_f3060e9c361c3c07c44f35189897816394101f9c_large.jpg

ވެމްބަރު 3 ގެ އުދުވާނީ ހަމަލަ އަށް ފަހު އިންޑިއާގެ ސިފައިންގެ ބެލުމުގެ ދަށުން ހައްޔަރުކޮށްގެން ގެންދަނީ.

1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވައި ހިންގި އިސް މޭސްތިރިޔާ ހ.ހާޖަރާގޭ ޢަބްދުﷲ ލުތުފީ މިއަދު މިނިވަން ވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ނޮވެމްބަރު 3، 1988 ގައި 19 ދިވެއްސަކު ޝަހީދުކޮށްލި އުދުވާނާ ގުޅިގެން ލުތުފީގެ މައްޗަށް އައީ މަރުގެ ހުކުމެވެ. އެކަމަކު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަށް ބަދަލުކުރެއްވީ އެވެ. އުމުރަށް ޖަލަށްލުން ކަމަށް ގާނޫނީ ގޮތުން ބަލަނީ 25 އަހަރަށެވެ.

ކަރެކްޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އޭނާ މިއަދު މިނިވަން ވާނެ ކަމަށެވެ.

ލުޠުފީއަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ނަމަކަށްކިޔާ ޖަމާޢަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރައި ރާއްޖެއަށް އުދުވާނީ ހަމަލާދިން އިރު އެންމެ އިސްކޮށް ހުރި މީހާއެވެ.

މި މައްސަލާގައި ލުތުފީގެ މައްޗަށް މަރުގެ ހުކުމް އިއްވި އެވެ. ނަމަވެސް ނޮވެމްބަރު ތިނެއްގެ ހަމަލާ އާއި ގުޅިގެން މަރަން ހުކުމްކުރި ކުށްވެރިންގެ އަދަބު އޭރުގެ ރައީސް މައުމޫން ވަނީ ލުއިކޮށްދެއްވައި އެއަދަބު އުމުރު ދުވަހުގެ ޖަލުގެ އަދަބަކަށް ބަދަލުކޮށްދެއްވާފައެވެ.

އެކަމަކު ޖަލުގެ ހުކުމް ތަންފީޒު ކުރަމުން އޭނާވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލާފައެވެ. ފިލައިގެން އުޅޭތާ ނުވަ އަހަރު ފަހުން ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް އޭނާ ދިޔައީ 2019 ވަނަ އަހަރު މެއި 01 ވަނަ ދުވަހު އެވެ.

ލުތުފީ ލަންކާގެ އެމްބަސީއަށް ދިއުމުން އޭނާ އަށް އެމްބަސީ އިން ހިމާޔަތްދީ، އެތަނުގެ އެޕާޓްމަންޓެއްގައި އޭނާ ބަހައްޓައި އެކަން ސަރުކާރުން ސިއްރު ކުރިއެވެ. ނަމަވެސް މީސް މީޑިއާއަށް އެވާހަކަތައް ތިލަވުމުން ސަރުކާރުން އެންމެފަހުން ވަނީ ލުތުފީ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރިކަމަށް އެއްބަސްވެފައެވެ.

ލުތުފީ މާލެ ގެނައީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ރޭގައެވެ. އޭނާ މިހާރު ތަންފީޒު ކުރަމުން ދަނީ ނޮވެންބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން އޭނާގެ މައްޗަށް ކުރި ޖަލު ހުކުމުގެ ބާކީ ބައެވެ. އަދި އޭނާގެ މައްޗަށް ވަނީ ފިލި މައްސަލައިގައި ވެސް ހުކުމް ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top