އިންތިޚާބަށްވުރެ ރައްޔިތުންގެ ރައްކާތެރިކަން މާ މުހިއްމު- އެމްޕީ. އަލީ

big_Nmk53eJ5Blqdr8Q0SesRwE1cV.jpg

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސޭން--ފޮޓޯ :މަޖިލިސް އިދާރާ

ލޯކަލް ކައުންސިލް އިންތިޚާބަށް ވުރެ ރައްޔިތުންގެ ރައްކާތެރިކަން މާ މުހިއްމުކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ވިދާޅުވެއްޖެއެވެ.

އެމްޕީ އަލީ މިހެން ވިދާޅުވެފައިވަނީ ކޮރޯނާ ވައިރަހާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އެތައް ބަޔަކު ގޮވާލަމުން ދާ ވަގުތެއްގައިކަން ފާހަގަ ކުރެވެ އެވެ

ޓުވީޓަރ މެދުވެރިކުރައްވައި އަލީ ވިދާޅުވީ “ލޯކަލް ކައުންސިލްގެ އިންތިޚާބަށްވުރެ ރައްޔިތުންގެ ސިއްޙަތާއި ރައްކައުތެރިކަން މާ މުހިންމު. މިއީ އިންތިޚާބެއް ބޭއްވުމަށް އެކަށޭނަ ވަގުތެއް ނޫން.” ކަމަށެވެ.

އަލީ އިތުރަށް ވިދާޅުވީ “ކޮވިޑް 19 ގެ ނުރައްކާތެރިކަން ރާއްޖެއަށްވެސް އޮތުމާއެކު ލޯކަލް ކައުންސިލްގެ އިންތިޚާބު ފަސްކޮށް، ރާއްޖޭގައި ދިރިއުޅޭ އަދި އައިސްގޮސްވާ މީހުންގެ ސަލާމަތާއި ރައްކައުތެރިކަމަށް ބޮޑުތަނުން އިސްކަންދިނުން މުހިންމު ކަމަށާ އޭޕްރީލް މެއި މަހުގެ ހޫނު ދުވަސްތަކަށް ފަހުވެސް އިންތިޚާބު ބޭއްވިދާނެ ކަމުގަ އެވެ.

އިންތިޚާބު ފަސްކުރުމަށް އަލީ ގޮވާލައްވަމުން ދާއިރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ކައުންސިލް އިންތިހާބު މިހާރު ކަނޑައަޅާފައިވާ ތާރީހުގައި ބާއްވަން ޖެހޭ ކަމަށާއި އިންތިހާބު ފަސް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ނަޝީދުގެ އިތުރުންވެސް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން އިންތިހާބު ފަސްކުރުމާ ދެކޮޅަށް ވަނީ ވާހަކަ ދައްކަވާފަ އެވެ.

އެހެންނަމަވެސް އިންތިހާބު ފަސް ކުރުމަށް ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ފަރާތުން ކުރީގެ ރައީސް މައުމޫން އިއްޔެ ވަނީ ގޮވާލައްވާފައެވެ.

އިލެކްޝަންސް ކޮމިޝަން ގެ ރައީސް މިއަދު ވިދާޅުވީ އިންތިޚާބު ފަސް ކުރުމުގެ އެއްވެސް ވިސްނުމެއް އެ ކޮމިޝަނުން އަދި ނުގެންގުޅޭ ކަމަށާ އިންތިޚާބު ފަސްކުރާ ނަމަ އިތުރަށް 30 ވަރަކަށް މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top