ތުޅަދޫގައި އިމާރާތް ކުރާ ހައުސިން ޔުނިޓް ތަކުގެ މަސައްކަތް މިމަހު ނިމޭނެ : މިނިސްޓަރު އާތިފާ

big_UktNeBkAwK9cwLWBbSUwhsTWj.jpg

ހައުސިންގ މިނިސްޓަރު އާތިފާ ،ޕީއެސް އެމް އަށް އިންޓަވިއު ދެއްވަނީ --ފޮޓޯ :ޕީއެސް އެމް

މީހެ ހަތް އަހަރު ކުރިން ބ.ތުޅާދޫ ގައި އިމާރާތް ކުރަން ފަށާފައިވާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް މިމަހު ނިމޭނެކަމަށް ހައުސިންގ މިނިސްޓަރު އާމިނަތު އާތިފާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިކަން ހާމަ ކުރައްވާފައިވަނީ ހައުސިންގ މިނިސްޓްރީއާ ބެހޭ މަސައްކަތް ހިނގާ ނުހިނގާގޮތް ތެއް ބައްްލަވައި ލެއްވުމަށް ތުޅާދުއާއި އޭދަފުއްޓަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅު ނިންމަވާލެވުމަށްފަހު  ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއު އެއްގައެވެ.

މިނިސްޓަރު އާތިފާ ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ރާއްޖޭގެ އެކިރައްރަށުގައި ފަށާފައިހުރި ހައުސިންގ މަޝްރޫއު ތަކުގެ މަސައްކަތްތައް ނުނިމި އެބަހުރި ކަމަށާ، އެއީ މިސަރުކާރުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެގޮތުން ތުޅާދޫގައި ވެސް މީގެ 7 އަހަރު ކުރިން ފަށާފައިވާ ހައުސިން ޔުނިޓްތައް މިއަދާ ހަމައަށް އައިއިރު ނުނިމުމަކީ ކަންބޮޑުވާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި މަސައްކަތް ނުނިމި ދިގުދެމިގެން ދިޔަސަބަބު ދެނެގަނެވި އެކަން މިހާރު ހައްލު ކޮށްފައިވާކަމަށް ވިދާޅުވިއެވެ. .

މި ދަތުރުފުޅުގައި މިނިސްތަރުވަނީ ތުޅާދޫ ކައުންސިލާއި ބ.އަތޮޅު ކައުންސިލާއި އޭދަފުށީ ކައުންސިލްގެ އިތުރުން ދަރަވަންދޫ ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ.

ކައުންސިލްތަކާއެކު ބޭއްވި ބައްދަލުވުންތަކަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ ކައުންސިލްތަކުން މާބޮޑު ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށާ ނަމަވެސް ތުޅާދޫ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި އެރަށުގައި އިމާރާތް ކުރަމުން އަންނަ ހައުސިން ޔުނިޓްތައް ނުނިމި ލަސްވަމުންދާ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމުގެ ވާހަކަ އެކަމަނާ އާ ހިއްސާ ކުރެއްވިކަމަށް ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top