މައްކާގެ ”ސުއްރަތީ” ބްރޭންޑްގެ ފިނިފެން, ސޯސަން ފިހާރައިން ވިއްކަން ފަށައިފި

IMG-0fedb80e8ade68b81b659262053f9e54-V-1536x1536.jpg

މާލޭ ބާޒާރުގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރަމުން އަންނަ އޭދަފުއްޓަށް ނިސްބަތްވާ ސޯސަން ފިހާރައިން ސައުދީ އަރަބިއްޔާގެ މައްކާގައި ތައްޔާރު ކުރާ “ސުއްރަތީ” ބްރޭންޑްގެ ފިނިފެން، ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.

“ސުއްރަތީ” ބްރޭންޑްގެ ފިނިފެނަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި އެތައް ބައެއްގެ އިތުބާރާއި ލޯބި ހޯދާފައިވާ، މަޝްހޫރު ބްރޭންޑެކެވެ.

މި ފިނިފެން އުފައްދާފައި ވަނީ އެންމެ އިހުއްސުރެ ފެށިގެން ފިނިފެންމަލުގެ ފިޔަތައް ވަކިކޮށް، ކުދިކުރުމަށް ފަހު އެ ފިޔަތައް ފެނަށް އަޅައިގެން އެ ފިޔަތައް އާވިން ވަކި ފިނިހޫނުމިނެއްގައި ޚާއްސަގޮތަކަށް ކެއްކުމަށްފަހު އެއިން އަރަގު ނުވަތަ އެސެންޝިއަލް އޮއިލް ނެގުމަށް ފަހު، ބާކީވާ ދިޔާތަކެތި ނަގާ، އެއަށް ސްޓެރިލައިޒްކޮށްފައިވާ ފެން އެއްކޮށްގެންނެވެ.

ފޮނި ކާތަކެތި ހެދުމަސާއި އެހެން ބޭނުންތަކަށް ސުއްރަތީ ބްރޭންޑްގެ ފިނިފެނުގެ އެންމެ ރަނގަޅު ސިފައަކީ މި ފިނިފެން އުފައްދަނީ ގުދުރަތީ ރަހަ ނުގެއްލޭ ގޮތަށް، ތާޒާކަންމަތީ ގިނަ ދުވަހު ބެހެއްޓޭ ގޮތަށްކަމަށް ވުމެވެ. އަދި މި ފިނިފެން ބަންދުކޮށްފައި ހުންނަނީ ބިއްލޫރި ފުޅީގައި ކަމަށްވުމުން ރަހަ އާއި ކުލަ އާއި ވަހަށް ބަދަލު އައުމުން ދުރުކޮށްދެއެވެ.

ކާނާގެ ގޮތުގައި ބޭނުން ކުރުމުގެ އިތުރުން އިސްތަށިގަނޑުގެ ޕީއެޗް ލެވެލް އެއް މިންގަނޑެއްގައި ހިފެހެއްޓުމަށާއި އިސްތަށިގަނޑުގެ ހަލާކުވެފައިވާ ބައި ރަނގަޅުކޮށް ވަރުގަދަ ކުރުމަށާއި، ހަމުގެ ބަލިތަކުން ދިފާއު ކޮށްދިނުމުގެ އިތުތުން ބޮލުން ހަންފޮޅުން ދުރުކޮށްދިނުމާއި ޓޯނާ އެއް ގޮތަށްވެސް މި ފިނިފެން ބޭނުން ކުރެވިދާނެއެވެ.

“ސުއްރަތީ” ބްރޭންޑްގެ ފިނިފެން (ރޯސް ވޯޓާ) ސޯސަން ފިހާރައާއި މާލޭގެ އަދި ރާއްޖޭގެ ގިނަ ފިހާރަތަކުން މިހާރު ލިބެން ހުންނާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top