ގެސްޓުން ތިބޭ ތަންތަން ބެލުމަށް އިންސްޕެކްޝަނެއް ފަށަނީ

Maldives-Airport-Ferry-1-1024x768-1.jpg

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުތަކާ ހިލާފަށް ގެސްޓްހައުސްތަކުގައި ގެސްޓުން ބައިތިއްބާތޯ ބެލުމަށް ހާއްސަ އިންސްޕެކްޝަނެއް މާދަމާ ފަށާނެ ކަމަށް އެ އެޖެންސީން ބުނެފިއެވެ.

މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްތަކުގައިވެސް އެ އިންސްޕެކްޝަން ކުރިއަށް ގެންދާނެއެވެ.

ރާއްޖެ އަންނަ ފަތުރުވެރިން މިދިޔަ މަހުގެ 26 އިން ފެށިގެން މާލެއާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރުމަށް ތިބެވޭނީ ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށް، ރާއްޖެއަށް ދަތުރުކުރާ ތާރީޚަށް 14 ދުވަސް ވެފައިވާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. ހަމަ އެއާއެކު ވެކްސިންގެ ޑޯޒްތައް ހަމަނުވާ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުގައި ހޮޓާތަކާއި، ގެސްޓް ހައުސް ތަކުގައި ތިބެވޭނީ އެރަށެއްގެ މުޅި އާބާދީގެ 60 ޕަސެންޓަށް މަތިވެފައިވާނަމަ ކަމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

އެހެންނަމަވެސް މި އެންގުންތަކާ ހިލާފަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައި ވާތީ ގެސްޓްހައުސްތަކުން އަމަލު ކުރަނީ އުސޫލުތަކާ އެއްގޮތަށް ކަން ޔަގީން ކުރުމަށް ހާއްސަ އިންސްޕެކްޝަނެއް މާދަމާ ފަށަނީ ކަމަށް އެ އެޖެންސީން ބުނެއެވެ.

އެޗްޕީއޭއިން ބުނގޮތުގައި އިންސްޕެކްޝަން ކުރިއަށް ގެންދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 6:00 އަށެވެ. އެ އިދާރާގެ ގަވާއިދުތަކާ ހިލާފުވެފައި ވާކަމަށް އެ އިންސްޕެކްޝަނަށް ފާހަގަވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެއެވެ.

އެ އިންސްޕެކްޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީއާއި، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަދި އެޗްޕީއޭ ގުޅިގެންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top