އޭދަފުށިން އިތުރުބަޔަކު ކޮވިޑަށް ފައްސިވެއްޖެ!

DSCN0023.jpg

އޭދަފުށި. -އީވީ ފޮޓޯ

އޭދަފުށިން އިތުރު 4 މީހަކު ކޮވިޑް-19އަށް ފައްސިވެ ޖުމްލަ އަދަދު 9 އަކަށްއަރައިފިއެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ބުނީ އަލަށް ފައްސިވެފައިވާ 4 މީހުންނަކީ މިދިޔަ އަންގާރަ ދުވަހު އޭދަފުށީން ކޮވިޑްގެ ފައްސި ކޭސްތަކެއް ފެނުމާއި ގުޅިގެން އެމީހުންނާއި ގާތުން ބައްދަލުވި މީހުންވެސް ހިމެނޭ ގޮތުން ނެގި ސާމްޕަލްތަކުން ފައްސިވި ކަމަށް ދައްކާ މީހުން ކަމަށެވެ. އަލަށް ފައްސިވި 4 މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ. .

އޭދަފުށީގައި އަލަށް ކޮވިޑް ފެނުމާއި ގުޅިގެން ކޮވިޑް ފެތުރިފައިވަނީ ކިހާވަރެއްތޯ ބެލުމުގެގޮތުން މިއަދު ރެންޑަމް ސާމްޕަލް ނަގާނެ ކަމަށް އަތޮޅު ހޮސްޕިޓަލުން އިއްޔެ ވަނީ އިއުލާނު ކޮށްފައެވެ. މިކަމަށް ރައްޔިތުން އެއްބާރުލުން ދިނުމަށް އަތޮޅުހޮސްޕިޓަލާއި ރަށުކައުންސިލުންވެސް އިލްމާސް ކުރެއެވެ.

އޭދަފުށިން ކޮވިޑްގެ އާ ކޭސްތަކެއް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން މިހާރު ވަނީ މޮނިޓަރިން އަށް ލާފައެވެ.މީގެއިތުރުން ބ.އަތޮޅު ތައުލީމީ މަރުކަޒުގެގްރޭޣް އަށަކުން ދަށުގެ ހުރިހާ ކްލާހެއްގެ ކިޔެވުން ވަނީ ބަންދުކޮށްފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top