ޑެންގޫ ހުމާއި ޗިކުންގުންޔާ ޖެހޭމިންވަރު އިތުރުވަނީ

mosquito-bite-690x546.jpg

ޑެންގޫ ހުމާއި ޗިކުންގުންޔާ ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި އިތުރުވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 1700 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ . ވޭތުވެދިޔަ ތިން އަހަރުގެ މިދުވަސްވަރާ އަޅާބަލާއިރު މިއަހަރުގެ މިދުވަސްވަރު ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރަމުންދާ އަދަދު އަދިވެސް ގިނަ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ޗިކުންގުންޔާ ޖެހިގެން މިއަހަރުގެ މިހާތަނަށް 790 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށް، ޗިކުންގުންޔާ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ވަނީ އިތުރުވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

ކުރިއަށް އޮތީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސް ވަރެއްކަމުން ޗިކުންގުންޔާ އަދި ޑެންގީ ހުންޖެހޭ މިންވަރު އިތުރުވެދާނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި ދެބައްޔަކީވެސް މަދިރީގެ ސަބަބުން ޖެހޭ ބައްޔަކަށްވާތީ މަދިރިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މިކަމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top