ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ވޮކޭޝަނަލް އެޑިޔުކޭޝަން ފަށަނީ

ލލލލ.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު ---އީވީ ފޮޓޯ

އަންނަ އޮގަސްޓުގައި ފަށާ ދިރާސީ އަހަރާ އެކު ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ވޮކޭޝަނަލް އެޑިޔުކޭޝަން (މަސައްކަތްތެރިކަން ދަސްކޮށްދޭ ލެބް) ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ބ.އަތޮޅު ތައުލީމީ މަޒުކަޒު ހިމެނޭހެން ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް އެއް ސްކޫލްގައި މިފަދަ މަރުކަޒުތައް ގާއިމް ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ނިންމަވާފަ އެވެ.

ރާއްޖޭގެ ބައެއް ސްކޫލްތަކުގައި މަސައްކަތް ދަސްކޮށްދޭން މިހާރު ވެސް ލެބްތައް ގާއިމް ކޮށްފައި ހުރެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ދިރާސީ އަހަރާ އެކު 28 ސްކޫލުގައި ވޮކޭޝަނަލް ތައުލީމް ދޭން ފަށާނެ ކަމަށެވެ. ކޮންމެ ސްކޫލެއްގައި ވެސް ވޮކޭޝަނަލް އެޑިޔުކޭޝަން ދަސްކޮށްދޭން ދެ ލެބް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“އެކި ސްކޫލްތަކުގައި ހުންނާނީ އެކި ކަހަލަ ލެބް. މިސާލަކަށް ބައެއް ސްކޫލްތަކުގައި ކާޕެންޓްރީ ލެބެއް ހުރިއްޔާ އަނެއް ބައި ސްކޫލްގައި ހުންނާނީ އޭސީ ރިޕެއާ ލެބެއް. އަނެއް ސްކޫލްގައި ތަފާތު ލެބެއް.” ރަޝީދު ވިދާޅުވި އެވެ.

މިނިސްޓްރީން ބުނީ މިހާރު ކުރަމުން އަންނަނީ އެކަމަށް ބޭނުންވާ ކޮންސަލްޓެންޓެއް ނެގުމަށް ފަހު ސިލަބަސް އަދި ހޭންޑްބުކް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށެވެ.

މިދިޔަ މަހު ރައްޔިތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ ސްކޫލްތަކަކީ ފޮތުން ކިޔަވައިދޭ މާއްދާތަކާ އެއްގޮތަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް ކުރިއަށް ގެންދާނެ ކަމެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top