ޔުނިވަރސަލްގެ އާ ރިސޯޓް ބ. މިލައިދޫގައި . އަންނަ ނޮވެމްބަރގައި ހުޅުވާނެ.

3-Maldives-w.jpg

ބ. މިލައިދޫގައި ޔުނިވަރސަލްގެ ފަރާތުން ތަރައްގީ ކުރާ ރިސޯޓް. އަންނަ ނޮވެމްބަރުގައި ހުޅުވާނެ. ފޮޓޯ: މޯލްޑިވްސް ޑޮޓްނެޓް

ރާއްޖޭގެ އެންމެ ގިނަދުވަސްވީ ރިސޯޓްކުންފުނި، ޔުނިވަރސަލްރިސޯޓްސްއިން ބ. މިލައިދޫގައި ތަރައްގީކުރަމުން އަންނަ ފައިވްސްޓާރ ރިސޯޓް، އަންނަ ނޮވެމްބަރ ގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަކަމުގައި މޯލްޑިވްސް ރިސޯޓްސް ޑޮޓްކޮމްއިން ބުނެފިއެވެ.

ވައިގެ މަގުން ނުވަތަ ސީޕްލޭންގައި ބައިގަޑިއެއްހާއިރުގެ ތެރޭގައި މާލެއިން ފުރައިގެން އާދެވޭ މިލައިދޫ އަކީ ބ. އަތޮޅު ބަޔޮސްފިޔަރ އާ ކައިރީގައި އޮންނަ 5.4 ހެކްޓަރުގެ ރީތި ކުޑަ ރަށެކެވެ.

ވެބްސައިޓްގައިވާ ގޮތުގައި މިރިސޯޓގައި 219 އަކަމީޓަރުގެ 29 ވޯޓަރޕޫލް ވިލާ ހުންނައިރު މިއިން ކޮންމެ ވިލާއެއްގައި ތާޒާ ފެނުގެ ޕޫލެއް އޮވެއެވެ. އަދި 382 އަކަމީޓަރުގެ ބީޗް ރެސިޑެންސްކިޔާ ދެވިލާއަކާއެކު 18 ބީޗްވިލާ ވެސް ހުންނައިރު ރިސޯޓްގެ ހުރިހާ ތަނެއްވެސް ފަރުމާކޮށްފައި ހުންނާނީ ދިވެހި ސަގާފަތް ދައްކުވައިދޭ ގޮތަށެވެ.

މިލައިދޫގައި ދުނިޔޭގެ ފެންވަރުގެ ކެއުން ތައްޔާރުކުރާ ތިން ރެސްޓޯރަންޓް ވެސް ހިމެނެ އެވެ. އޭގެ އިތުރުން ސްޕާ އާއި ޔޯގާ އަދި ޖިމަކާއެކު މެރިން ސްޕޯޓްސް ސެންޓަރެއް ވެސް ހުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top