ރޯޔަލް އައިލެންޑް ރިސޯޓްގައި ރޯދަ ވީއްލަން ބޭނުންތަ؟ ފުރުސަތު މިއޮތީ

Royal-Island-Resort-Spa-pool-and-restaurant.jpg

ވިލާ އިން ބ.އަތޮޅުގައި ހިންގަމުން އަންނަ ރޯޔަލް އައިލެންޑް ރިސޯޓް

މިއަހަރުގެ ރަމަޟާން މަހާ ގުޅިގެން ރޯޔަލް އައިލެންޑް ރިސޯޓް (ބ. ހޮރުބަދޫ) ގައި ރޯދަ ވީއްލުމަށް އާންމުންނަށް ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފިއެވެ.

ރޯޔަލް އައިލެންޑުން ބުނީ މިޕެކޭޖްގެ ދަށުން ބ. އަތޮޅުގެ 3 ރަށްކަމުގައިވާ އޭދަފުށި، މާޅޮސް އަދި ދަރަވަންދޫގައި ދިރިއުޅޭ މީހުންނަށް ހިލޭ ޓްރާންސްފާ ހަމަޖެހިގެންދާނޭކަމަށެވެ. ހަފްތާގެ ހުކުރު، ހޯމަ، އަދި ބުދަ ދުވަހު ބޭއްވުމަށް ޝެޑިއުލް ކޮށްފައިވާ މި ރޯދަވީއްލުމުގެ ޕެކޭޖްގައި އިންޓަނޭޝަނަލް އަދި ދިވެހި ޘަގާފީ ކެއުންތައް ހިމެނޭނެކަމަށްވެސް އެރިސޯޓުން މައުލޫމާތު ދެއެވެ. ޕެކޭޖްގެ އަގަކަށް މީހަކަށް  ހަމަޖައްސާފައިވަނީ 45 ޔޫއެސް ޑޮލަރެވެ.

“ރޯދަމަހަށް ހާއްސަކޮށްގެން ދިވެހިންނަށް ފުރުސަތު ދިނުމުގެ ގޮތުން އަޅުގަނޑުމެން ހަމަޖެއްސި ހާއްސަ ޕެކޭޖެއް މިޕެކޭޖަކީ. އުއްމީދުކުރަނީ ބޮޑު ތަރުހީބެއް ލިބޭނެކަމަށް” ރޯޔަލް އައިލެންޑުން ވާހަކަދެއްކި އޮފިޝަލް ބުންޏެވެ.

ރޯޔަލް އައިލެންޑް ރިސޯޓަކީ އާންމުގޮތެއްގައި ދިވެހިންގެ ހާއްސަ މުނާސަބަތުތަކާ ގުޅިގެން ދިވެހިންނަށް އެރިސޯޓްގެ ހިދްމަތްތައް ބޭނުން ކުރެވޭގޮތަށް ޕެކޭޖްތައް ތައާރަފް ކުރަމުން އަންނަ ރިސޯޓެކެވެ. އެގޮތުން ޗުއްޓީ ހޭދަކުރުމަށް ގިނަ ފުރުސަތުތަކެއް މީގެކުރިން ހުޅުވާލާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top