ގޮއިދޫ ސްކޭޓް ޕާކް ނިމެނީ ކަމަށް ވިދާޅުވެއްޖެ

large_167315782026Aojh.jpg

ގޮއިދޫގައި އަޅާ ސްކޭޓް ޕާކު --- ފޮޓޯ / ދި އަންސީން ވޯލްޑް

ސްކޭޓް ކުރަން ކުޅަދާނަ ޒުވާނުން ތަކެއް ތިބި ބ.ގޮއިދޫގައިތަރައްގީ ކުރާ ސްކޭޓް ޕާކް ނިމެނީ ކަމަށް ޔޫތު މިނިސްޓަރު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ގޮއިދޫގައި ސްކޭޓް ކުރާ ޕާކެއް އަޅަން ނިންމީ 2018 ވަނަ އަހަރު އެޕްރީލް މަހު ގޮއިދޫގައި ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ )ގެ އަހަރީ އާންމު ޖަލްސާ އިންނެވެ. އެ ޖަލްސާއަށް ފަހު އެ ކޮމިޓީން ވަނީ އެ ރަށުގެ ބަނދަރުމަތީގައި ޕާކް އެޅުމަށް ޚާއްސަކުރެވިފައިވާ ސަރަހައްދުގައި ޕާކުގެ ބިންގާ ވެސް އަޅާފައެވެ.

ނަމަވެސް ޔޫތު މިނިސްޓްރީން ވަނީ އެ މިނިސްޓްރީގެ ފަރާތުން އެ ރަށުގައި ސްކޭޓު ޕާކެއް އެޅުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބްރަދާސް މޯލްޑްވިސް އާއި އެ މަސައްކަތް ހަވާލުކޮށްފައެވެ.

އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކުރީ 1.4 މިލިއަން ރުފިޔާއަށް 75 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top