ދޮޅުމިލިއަނެއްހާ ރުފިޔާ ވަގަށްނެގިކަމުގެ ތުހުމަތުގައި ޕެރެޑައިސް ރިސޯޓުގެ ޗީފް ކޭޝިއަރ ހައްޔަރުކޮށްފ

17262958.jpg

ރޯޔަލް އައިލެންޑް ރިސޯޓް

ޕެރެޑައިސް ރިސޯޓުން 1.5 މިލިއަނެއްހާ ރުފިޔާ ވަގަށް ނެގިކަމުގެ ތުހުމަތުގައި އެ ރިސޯޓުގެ ޗީފް ކޭޝިއަރ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ، ބައެއް މިޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވިގޮތުގައި ފުލުހުން ތަހްގީގުކުރަމުން އަންނަ ޚިޔާނާތުގެ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ޕެރެޑައިސް އައިލެންޑް ރިސޯޓުގެ ޗީފް ކޭޝިއަރ ހައްޔަރުކޮށްފައިވާކަމުގައެވެ. އެއީ ވަރަށް ގިނަ އަދަދެއްގެ ފައިސާކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާތީ އިތުރު ތަފްސީލު ދެވެންނެތްކަމަށެވެ.

އޭދަފުށީ ވޮއިސްއަށް އެނގިފައިވާގޮތުގައި މި މމައްސަލާގައި ހައްޔަރުކޮށްފައި ވަނީ ބ. ކިހާދޫ މުސްތަފާ ނިޒާރެވެ. ނިޒާރުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ، އެ ރިސޯޓަށް ލިބުނު ފައިސާގެ ތެރެއިން އެކި ފަހަރުމަތިން 1.5 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް އޭނާ ވަގަށް ނަގާފައިވާ ކަމަށެވެ.

ޕެރެޑައިސްގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ރިސޯޓުގައި މަސައްކަތްކުރި ޗީފް ކޭޝިއަރު އެ ފައިސާތަކަށް ހިޔާނާތްތެރިވުފައިވާކަމަށް އަމިއްލައަށް އިއުތިރާފްވެފައިވާ ކަމަށެވެ.

” އޭނާ ވަނީ އަޅުގަނޑުމެން ކައިރީގައި އަމިއްލައަށް އިއުތިރާފްވެފައި އެ ފައިސާ ބޭނުންކުރި ކަމަށް. އަޅުގަނޑުމެން ބެލިއިރު ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ އޭނާ ނަގާފައިވާ ކަަމށް ބެލެވޭ،” އޭނާ ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top