މިނިސްޓަރ ޒެނީޝާ އޭދަފުށްޓަށް ވަޑައިގެން ”ރަންވޭލާ” ކެމްޕެއިން ފަށައިފި

big_kSVywY3AtWHAjyf.jpg

މިނިސްޓަރ ޒެނީޝާ އޭދަފުށިގައި .

މިނިސްޓަރ އޮފް ޖެންޑަރ ޒެނީޝާ އޭދަފުށްޓަށް ވަޑައިގެން  މިއަދު “ރަންވޭލާ “ގެ ނަމުގައި ކެމްޕެއިނެއް އިފްތިތާހް ކޮށްދެއްވައިފިއެވެ.

”ރަންވޭލާ” ކެމްޕެއިނަކީ މުޖްތަމައާއި އާއިލާގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކުރުމަށާއި އެމީހުންނަށް ބޭނުންވާ އަޅާލުމާއި އޯގާތެރިކަން ލިބޭނެ މަގުފަހިކޮށް ދިނުމާއެކު އެ މީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރަން މަސައްކަތް ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށް ޒެނީޝާ ވިދާޅުވުިއެވެ.

“ރަންވޭލާ” ކެމްޕެއިނުގެ ދަށުން ސޯޝަލް ސާވިސް ވޯކަރުންނާއި ހެލްތް އޮފިސަރުންނަށް އަމާޒުކޮށް ތަމްރީނު ޕްރޮގްރާމްތަކެއް އޭދަފުއްޓާއި އެ އަތޮޅު ދޮންފަނާއި މާޅޮސް އަދި ދަރަވަންދޫ އާއި އޭދަފުށީ ހޮސްޕިޓަލާއި އެ ރަށްތަކުގެ ހެލްތް ސެންޓަރުތަކާ ގުޅިގެން ކުރިއަށް ގެންދާނެ އެވެ.

ކެމްޕޭން އިފްތިތާހު ކުރުމަށް އޭދަފުއްޓަށް ވަޑައިގެން މިނިސްޓަރު ޒެނީޝާ ވަނީ އޭދަފުށީގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުގެ މުޒައްޒަފުންނާ ބައްދަލުކުރައްވާ އެ ސެންޓަރުން ދެމުންގެންދާ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ

މީގެ އިތުރުން މިނިސްޓަރ ވަނީ ބ.އަތޮޅު ކައުންސިލާއި ރަށު ކައުންސިލުގެ އިތުރުން ޕޮލިސް ސްޓޭޝަނާއި ބ. އަތޮޅު ހޮސްޕިޓަލާއި  ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top