ސީސީއަށް ގޯއްޗެއް ދޭން ފެނޭ – އޭދަފުށި ކައުންސިލް

302325_467083146655504_432442315_n.jpg

ކްލަބް ކޮންބިނޭޝަން ޖަމްއިއްޔާއިން އޭދަފުށިގައި ކުރިޔަށްގެންދިޔަ އިޖްތިމާއީ ހަރަކާތެއްގައި އެޖަމްއިއްޔާގެ މެމްބަރުން ހަރަކާތްތެރިވަނީ. އެޖަމްއިއްޔާއަށް ގޯއްޗެއް ދިނުމަށް ފެންނަކަމަށް އޭދަފުށީ ކައުންސިލުން ވަނީ ނިންމާފައި / ފޮޓޯ: ސީސީ ފޭސްބުކްޕޭޖް

އޭދަފުށީގެ އަމިއްލަ ޖަމްއިއްޔާއެއްކަމުގައިވާ ކްލަބް ކޮމްބިނޭޝަން (ސީސީ) އަށް އޭދަފުށިން ގޯއްޗެއް ދޭން ފެންނަކަމަށް އޭދަފުށީ ކައުންސިލުން ފާސްކޮށްފިއެވެ.

އޭދަފުށީ ކައުންސިލުން މިގޮތަށް ފާސްކުރީ އެކައުންސިލްގެ މިއަހަރުގެ 6 ވަނަ އާންމު ޖަލްސާގައެވެ. ފެބުރުވަރީ 8 ވަނަދުވަހު އޭދަފުށީގައި ބޭއްވި މިޖަލްސާގައި ސީސީއަށް ބިންދިނުމަށް ފެންނަކަމަށް ކައުންސިލަރ ރިޒާ ހުށައަޅުއްވައި، އެކަމަށް ތާއީދުކޮށް ވޯޓްދެއްވީ ކައުންސިލަރ މުހައްމަދު ރާމިޒްއާއި، ނައުޝާދު އަހްމަދެވެ. ރިޔާސަތުގައި އިންނެވީ ނާއިބްރައީސް މުހައްމަދު ނައުރީފްކަމަށް ޔައުމިއްޔާގައި ބަޔާންކޮށްފައިވެއެވެ.

އެނިންމުމުގައި ވަނީ ސީސީން އެދިފައިވާގޮތަށް އޭދަފުށިން ބިމެއް ދިނުމަށް ކައުންސިލަށް ފެންްނާތީ، ހައުސިންގް މިނިސްޓްރީއަށް އެކަމަށް އެދި ކައުންސިލުން ސިޓީފޮނުވަން ފެންނަކަމަށެވެ. ނަމަވެސް ހައުސިންގް މިނިސްޓްރީއަށް އަދި ދެންނެވިކަމެއް ނުވަތަ ނޫންކަމެއް ސާފެއްނުވެއެވެ.

ސީސީއަށް ގޯއްޗެއްދޭން ފެންނަކަމަށް އޭދަފުށީ ކައުންސިލުން ނިންމިއިރު، އޭދަފުށީގެ އަމިއްލަ ޖަމްއިއްޔާއެއްކަމުގައިވާ ކްލަބް ދަބިގިނާސް (ޓީބީ) އަށްވެސް ވަރަށް ފަހުން އޭދަފުށިން ވަނީ ގޯއްޗެއް ދޫކޮށްފައެވެ. ޓީބީގެ އިތުރުން ފޭލިޖަމްއިއްޔާއަށާ، ވަފާ ޖަމްއިއްޔާއަށްވެސް މީގެކުރިން ވަނީ ގޯއްޗެއް ދޫކޮށްފައެވެ. ނަމަވެސް ޒުވާނުންގެ ޖަމްއިއްޔާއަށް ދޫކުރި ގޯތި އެޖަމްއިއްޔާއިން ނުބަލަހައްޓާތީ، މިވަގުތު އޮތީ ކައުންސިލްގެ ބެލުމުގެ ދަށުގައިކަމަށްވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top