ފެހެންދޫ ސްކޫލްގައި މަލްޓިގްރޭޑަށް ކިޔަވައިދިނުމަށް ވިސްނަނީ

233778_3_7d3d1995078f1712ecc1c69ebf3e0b09553e38ef_medium.jpeg

ފެހެންދޫސްކޫލް ކުދިން ދަތުރުކުރާ ޑިންގީ

ބ.ފެހެންދޫ ސްކޫލް ކުދިން ޑިންގީއެއްގައި ގޮއިދޫ ސްކޫލަށް ކިޔަވަން ދިއުމުގެ ބަދަލުގައި ފެހެންދޫ ސްކޫލުގައި މަލްޓި ގްރޭޑަށް ކިޔަވައިދިނުމުގެ ވިސްނުން އެބަހުރި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އާބާދީ މަދު ސްކޫލްތަކުގައި މަލްޓިގްރޭޑަށް ކިޔަވައިދިނުމަކީ މިހާރުވެސް ކުރަމުން އަންނަ ކަމެކެވެ.

މަލްޓި ގްރޭޑަށް ކިޔަވައިދޭއިރު ކިޔަވައިދެނީ އެކި ގްރޭޑްތަކުގެ ދަރިވަރުން އެއްކޮށްލައިގެންނެވެ. އެގޮތަށް ކިޔަވައިދޭތީ ބައެއް ސްކޫލުތަކުގެ ބެލެނިވެރިން ވަނީ މީގެ ކުރިން މުޒާހަރާވެސް ކޮށްފައެވެ. އެ ކަމާ ގުޅިގެން މަލްޓި ގްރޭޑަށް ކިޔަވައިދިނުމުގެ އުސޫލަށް ފަހުން ވަނީ ބައެއް ބަދަލުތައްވެސް ގެނެސްފައެވެ.

“އަޅުގަނޑުމެންގެ ވިސްނުން އެބަހުރި ޑިންގީގައި ގޮއިދުއަށް ގެންދިއުމަށްވުރެ އެތާ މިހާރު މަލްޓި ގްރޭޑް ތައާރަފްކުރެވިދާނެތޯ. ބެސްޓު މޮޑެލްއަކީ ކޮބައިތޯ އެ ސްކޫޫލަށް،” އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.

ފެހެންދޫ ސްކޫލްގައި ކިޔަވާ ކުދިންގެ އަދަދު މަދުވުމުގެ ސަބަބުން އެ ސްކޫލް ކުދިން ކިޔަވަން ދަނީ އެއް ފަޅުގައި ޖެހިގެން އޮތް ގޮއިދޫ ސްކޫލަށެވެ. ޖުމްލަ 26 ކުދިން ކިޔަވަން ކޮންމެ ދުވަހަކު ގޮއިދު އަށް ކުރާ ދަތުރުގައި ބޭނުން ކުރަނީ ޑިންގީއެކެވެ.

މި އަހަރު ކުރީކޮޅު އިންޑިއާއިން ރާއްޖެއަށް އިޖުތިމާއީ ތަރައްގީއަށް ބޭނުންކުރަން ފޯރުކޮށްދިން 106 މިލިއަން ރުފިޔާގެ އެހީގެ ތެރެއިން 1.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ފެހެންދޫ ދަރިވަރުން ދަތުރުކުރުމަށް ރަނގަޅު ފެންވަރުގެ ފެރީއެއް ހޯދުމަށެވެ. އެކަމަށް ބޭނުން ކުރާނެ ރަނގަޅު ފެންވަރުގެ އުޅަނދެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ދާދި ފަހުން ވަނީ އިއުލާނުވެސް ކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top