އީދު އައިސް ޖެހުނީއެވެ. އީދު ހެދުން ހޯދައިފިން ހެއްޔެވެ.؟ އީދު ދުވަހު އަރަން ރީތި ފައިވާނެއް ލިބިއްޖެ ހެއްޔެވެ؟ މިއީ އެންމެންގެ ހިތުގައިވެސް މިހާރު އޮންނާނެ ސުވާލެވެ. މިސުވާލުގެ ޖަވާބަކީ ފެޝަން ޑިބޭޓެވެ. އެތަނުގައި ނަން ހުސްކޮށް ބްރޭންޑްތައްވެސް ހުސްކޮށް އެހެރީ އެމީހަކު ބޭނުންވާނެ ހުރިހާ ވައްތަރެއްގެ ފައިވާނެވެ.
އެކަމަކު ފެޝަން ޑިބޭޓަކީ ހަމައެކަނި ފައިވާނަށް ޚާއްސަކޮށްގެން ހިންގާ ފިހާރައެއްކަމަށް ދެކިގެން ނުވާނެއެވެ. އޭދަފުށީގެ ޒުވާން ވިޔަފާރިވެރިޔާ މަޝްހޫރު “މޮލިސް “ވެސް ހިންގަމުން އަންނަ އަސްލަމް ގެ ފެޝަން ޑިބޭޓަކީ ގިނަ ޚިދުމަތަށް ޚާއްސަ ތަނެކެވެ. ފެޝަން ޑިބޭޓްގެ ނަމުގައި އެ ޚިދުމަތްތައް އޭދަފުއްޓަށް ތައާރަފްކޮށްފައިވަނީ ރައްޔިތުންނަށް އެންމެ ބޭނުންވާ ވިޔަފާރިއަކީ ކޮބައިތޯ ބަލައި ދިރާސާ ތަކަކަށް ފަހުގައެވެ. އެހެން ވިޔަފާރިވެރިންނާ އޭނާ ތަފާތުވާ ސަބަބަކީ މިއެވެ.
ފެޝަން ޑިބޭޓް އަކީ މުޅިން ތަފާތު ވިޔަފާރިއެކެވެ. އެކަމަކު ވިޔަފާރި ގުޅިފައި އޮތީ ކުރިންވެސް ދެންނެވިހެން މީހުންގެ ބޭނުންތަކާއެވެ. މީހުންނަށް ލިބެންޖެހޭ، އެކަމަކު ރަށުން އެފަދަ ޚިދުމަތް ތަކެއް ލިބޭނެ ނަމައޭ އެތައް ބަޔަކު ކިޔަމުން އައި ކަންތައްތަކެއް އުފަން ކުރުވި ތަނެއްގެ ގޮތުގައެވެ. އެތަން ވިލަރެސް ކޮށްފައިވަނީ ރައްޔިތުންނަށް ބޭނުން ވެފައިވާ ޚިދުމަތްތަކަކަށް ފޯކަސް ކޮށްގެން ނެވެ.
ފެޝަން ޑިބޭޓް އިން ލިބެން ހުރީ ކޮން އެއްޗެއް ހެއްޔެވެ. ؟
ފިހާރައިގާ ހުރި ހަރުތަކުން ފެންނަން ހުރީ މައިގަނޑު ބްރޭންޑްތައް ހުސްކޮށް ފައިވާން ކަމަށްވިޔަސް އެހިސާބުން އަދި ނުނިމެއެވެ. އިތުރު ކޮށްލާނަމަ ފުޓް ބޯޅަ ބޫޓުން ފެށިގެން ޖާޒީ އާ ހަމައަށެވެ. ބެޑްމިންޓަން ރެކެޓުން ފެށިގެން ބެޑްމިންޓަން ކޯޓު ނޫން ހުރިހާ އެއްޗެކެވެ. އިންޑޯ އެކި އެކި ގޭމްތައް ކުޅެން ބޭނުން ކުރާ ބޯޅައިން ފެށިގެން ވަސީލަތްތައް ނަން ހުސްކޮށެވެ. މުބާރާތްތަކުގެ ވަނަތަކަށް ދެވޭ ޓްރޮލީ ތަކުން ފެށިގެން މެޑެލްތަކާ އާހަމައަށެވެ. ސްކޫލް ކުދިންނަށް ބޭނުންވާ ލިޔެކިއުމުގެ ސާމާނުން ފެށިގެން ސްކޫލް ދަބަހާ ހަމައަށެވެ. މި ހުރިހާ އެއްޗެއްގައިވެސް ސުވާލެއް ނުއުފެދޭނެ ޔަގީން ކަމަކީ ކޮލިޓީއެވެ. އެއާ އެއްވަރުގެ އަގެވެ.
ފެޝަން ޑިބޭޓުން ލިބެން ހުރި ފާހަގަ ކުރެވޭ އެހެން ޚިދުމަތްތަކުގެ ތެރޭގައި ޖާޒީގައި ނަންބަރު ޖަހައިދިނުމާއި ބިއްލޫރިއާއި ތަށިމުށީގައި ޕްރިންޓް ކުރުން ހިމެނެއެވެ. ކަސްޓަމަރ ބޭނުންވާ އަވަސް މިނުގައި ރަނގަޅު އަގުގައެވެ.
އަސްލަމްގެ ފެޝަން ޑިބޭޓް އާއެކު ފެޝަން ސްޓޫޑިއޯގެ ނަންބޯޑުވެސް ރޭގަނޑު ދިއްލާ އަޅާފައި އޮތުމުން ސްޓޫޑިއޯގެ ސުވާލު އުފެދިދާނެއެވެ. އޭދަފުށީގައި ފޮޓޮގްރަފީގެ މަސައްކަތަކީ މުހިއްމު އަދި އިތުރަށް ފުޅާކުރަން ޖެހޭ ކަމެއްކަން މި ވިޔަފާރީގެ ތަޖްރިބާއިން އަސްލަމަށް މިހާރު އެނގޭނެއެވެ. ޕާޓީތަކަށް ފޮޓޯ ނަގައިދިނުމާއި ޕާސްޕޯޓް ފޮޓޯގެ އިތުރުން ފޮޓޮގްރަފީގެ ތަފާތުޚިދުމަތްތައްވެސް މި ތަނުން އަންނަނީ ދެމުންނެވެ.
ފެޝަން ޑިބޭޓް ގެ ޚިދުމަތްތައް އަދި ނުނިމެއެވެ. އަސްލަމް މިތަން ޑިވެލޮޕްކުރުމުގެ ޚިޔާލަށް އަދި ނިމުމެއް ނާދެއެވެ. އެކަމަކު ދެން ވެސް މިތަނުން ފެނިގެން ދާނީ ރައްޔިތުންނަށް ބޭނުންވެފައިވާ މުހިއްމު ޚިދުމަތެއް، ޚިދުމަތެއްގެ ގޮތުގައި ދޭތަނެވެ. ބަލަން ތިބެމާ ހިނގާށެވެ!