ގޮއިދޫ ކުދިންގެ އާ ހުނަރު، އާރްސީ މަތިންދާ ބޯޓު ހެދުން

EC63D2FF-9C73-4A4B-8B3A-26535DB3D8A5.jpeg

ބ. ގޮއިދޫ ސްކޫލާއި ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީ އަދި އާރްސީ ޓީމް މޯލްޑިވްސް ގުޅިގެން އެރަށުގައި އާރްސީ ބިގިނާރސް ކޯހެއް އިއްޔެ ފަށައިފިއެވެ. މިކޯސް ސްޕޮންސަރ ކޮށްފައިވަނީ ޑީޖޭއައި ޑްރޯންސް ވިއްކާ ރީޓެއިލް ފިހާރައެއް ކަމުގައިވާ ސްޓެބިސިސް އިންނެވެ

ރިމޯޓް ކޮންޓްރޯލުން ދުއްވާ ކާރާއި، މަތިންދާބޯޓް ފަދަ ތަކެތި ހަދަން ދަސްކޮށްދޭ މިކޯސް ، މިމަހުގެ 15އިން ފެށިގެން 21ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެކަމަށް ކޯހުގައި ކިޔަވައިދެއްވާ އާރްސީ ޓީމުގެ މުހައްމަދު ޖަޒީލް މައުލޫމާތު ދެއްވައެވެ.

އާރްސީ ޓީމް މޯލްޑިވްސްގެ ފަރާތުން ރާއްޖޭގައި އަލަށް ކުރިއަށް ގެންދާ މި ކޯހުގައި ގޮއިދޫގެ 14 ކުއްޖަކު ވަނީ ބައިވެރިވެފައެވެ. 

”މިއީ ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް ނިޒާމް އަދި ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީގެ ރައީސް ހަސަން ނިޒާމްގެ އެދިލެއްވުމަކަށް ކުރިއަށް ގެންދާ ކޯހެއް. މައިގަނޑު ގޮތެއްގައި މިކޯހުގައި ހިމެނޭނީ އެެއަރ ކްރާފްޓް ބިލްޑް އެންޑް ފްލައި“ ޖަޒީލް ވިދާޅުވިއެވެ.

އާރްސީ ޓީމް މޯލްޑިވްސް އިން ކުރިއަށް ގެންދާ މި ކޯހަކީ ހިލޭ ސާބަހަށް އެ ޓީމުން ކުރިއަށް ގެންދާ ކޯހެކެވެ.

”ކޯހުގެ 7 ވަނަ ދުވަހު ބައިވެރިންގެ މެދުގައި ސްޓެބިސިސްގެ ޑީޖޭއައި ޓެލޯ ޑްރޯން މުބާރާތެއް އޮންނާނެ ކަމަށާ ކޯހުން 1ވަނަ އަށް އަންނަ ދަރިވަރަކަށް ޑްރޯންއެއް ހަދިޔާ ކުރުމަށް ވަނީ ނިންމާފައި ކަމަށް އެފަރާތުން ވިދާޅުވެއެވެ.

”މި ފުރުސަތުގައި ސްޓެބިސިސްގެ އެމްޑީ އިބްރާހިމް ނިހާދުއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.. ފެށުނީއްސުރެ ވެސް މި ކުޅިވަރު ކުރިއެރުވުމައްޓަކައި ދެމުން އަންނަ އެއްބާރު ލުމަށް“ ޖަޒީލް ވިދާޅުވިއެވެ.  އާރްސީ ޓީމް މޯލްޑިވްސް އަކީ ދިވެހިރާއްޖޭގައި އާރްސީ ކުޅިވަރު ކުރިއެރުވުމުގެ ގޮތުންނާއި މި ކުޅިވަރު އެންމެ ކުރިން ފެށިގެން ކުޅެމުން އަންނަ ޓީމް ކަމަށް ވާއިރު މިއީ އެންމެން އެއްތަނަކުން ދިމާވެ މިކަމުގައި އިތުރަށް ކުރިއަށް ދެވޭނެ ގޮތް ހޯދައި ބެލުމަށް ހެދުނު ޓީމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަަދި އެޓީމުގައި ހިމެނޭ ހުނަރުވެރިންނަށް ބަލާއިރު އާރްސީ މޮޑެލް އެއަރކްރާފްޓް، ކާރު، ބޯޓް، ހެލިކޮޕްޓަރ ރޭސިންގް ޑްރޯން ދުއްވާ އަދި އެކަމުގެ މާހިރުން އުޅޭ ކަމަށްވެސް ޖަޒީލް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top