އެސްއެސްސީ އިމްތިހާނަށް ބަދަލުތަކެއް

16997781_1776732119019997_8091153575835851499_n.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް. ފޮޓޯ : ބއތމ

ސެކަންޑްރީ ސްކޫލު ސެޓްފިކެޓް އިމްތިހާނުތަކަށް ބަދަލުގެންނަން ނިންމައިފިއެވެ.

ސާނަވީ ތައުލީމުގެ މަންހަޖަށް އެޑިއުކޭޝަން މިނިސްޓްރީން ބަދަލު ގެންނަން ނިންމާފަިއވަނީ ދިވެއްސާއި އިސްލާމާއި އަދި ގުރުއާން މާއްދާތަކަށެވެ.

މިނިސްޓރީން ގެނައި ބަދަލާ ބެހޭ ގޮތުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެ ހުންނެވި، އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހްސާން އޮންލައިން ނޫސް، “ސަން” އަށް ވިދާޅުވީ ދިވެހި މާއްދާ ޓެސްޓް ހަދާއިރު ކުރިން އަދަބިއްޔާތުގެ ބައި ހިމެނުނު ނަމަވެސް ދެން އެބައި އިމްތިހާނުގައި ނުހިމެނޭނެ ކަަމަށެވެ. އެހެން ނަަމަވެސް އަދަބިއްޔާތުގެ ބައި އެސައިންޓްމަންޓްތަކުގެ ގޮތުގައި ކުރިއަށް ގެންދާނެކަމަށް އިހުސާން ވިދާޅުވިއެވެ.

“ދެން ދިވެހި އިމްތިހާންގައި ނާންނާނެ ޅެމާއި ރައިވަރުގެ ބައިތައް. ހަމައެކަނި އިންނާނީ ލިޔުންތެރިކަމާއި ކިޔުންތެރިކަމުގެ ބައިތައް. އިނގިރޭސި ފަދަ މާއްދާތަކުގައިވެސް އޮންނަނީ މިފަދަ އުސޫލު” އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުން އާ މަންހަޖުގެ ދަށުން އިސްލާމް މާއްދާގައި މަލްޓިޕަލް ޗޮއިސްގެ ބައިތަކެއް ހިމަނަން ނިންމާފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ. މީގެ ކުރިން އިސްލާމް މާއްދާގެ އޯލެވެލް އިމްތިހާނުގައި މަލްޓިޕްލް ޗޮއިސްއެއް ނުހިމެނެ އެވެ.

އޭގެ އިތުރުން ޤުރުއާން މާއްދާގައި އެސައިންޓްމަންޓްއަށް 40 ޕަސެންޓް އަދި ޤުރުއާން ކިޔެވުމަށް 60 ޕަސެންޓް ދެވޭގޮތަށްވެސް އިމްތިހާނަށް ބަދަލުގެނެސްފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

ޤުރުއާން ކިޔަވަން ޖެހޭނީ ވަކި ބައެއްގެ ކުރިމަތީގައިކަމަށާ އެ ކިޔެވުން ރިކޯޑްވެސް ކުރާނެ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top