ނޮވެމްބަރު 12، ސަރުކާރު ބަންދު

the-presidents-office-of-maldives-876x574-1.jpg

އަންނަ ނޮވެމްބަރު 12 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި އެގޮތަށް ކަނޑައެޅީ މި އަހަރުގެ ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަކީ، ގައުމީ ބަންދު ދުވަހަކަށް ވުމުން ޖުމްހޫރީ ދުވަހާ ގުޅިގެން އަންނަ ދުވަހަކީ ރަސްމީ ދުވަހެއް ކަމަށް ވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށެވެ.

މި ނިންމުމާއެކު، އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. އަދި ޖެހިގެން އަންނަ ހުކުރާއި ހޮނިހިރު ދުވަސް ވެސް ބަންދުވާނެތީ، ސަރުކާރުގެ މުވައްޒަފުންނަށް ހަތަރު ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.

ބަންދަށް ފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ މި މަހުގެ 15 ގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top